އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 57 ދުވަސް ކުރިން - 14:40
އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހާ.
އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލި މީހާ.
ޚުލާސާ

ސައިކަލު ދުއްވި މީހާ އެކްސިޑެންޓުވުމުން ސައިކަލު ދޫކޮށްލުމަށް ފަހު ފިލި ކަމަށް ފުލުހުން ބުނި.

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގުމުން މަޑުނުކޮށް ދިޔަ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހީމް، 27 އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ނިރޮޅު މަގުގައި ހުންނަ ކެއާ ޕްލަސް ފިހާރަ ކައިރީގައި އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެ އެކްސިޑެންޓުގައި، މަގުމަތިން ހިނގާފައި ދިޔަ 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި އޭނާގެ ސައިކަލުން ޖެހި އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސައިކަލު ދުއްވި މީހާ އެކްސިޑެންޓުވުމުން ސައިކަލު ދޫކޮށްލުމަށް ފަހު ފިލި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި އެ މީހާ ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%