ސައިކަލު މަތީ މަޑުކޮށްގެން އިންދާ އެހެން ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި

އައިޝަތު ރުވާ ރިފްޢަތު | 59 ދުވަސް ކުރިން - 21:46
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގެ މަންޒަރެއް. / ފޮޓޯ: އެމްވީ ކްރައިސިސް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގެ މަންޒަރެއް. / ފޮޓޯ: އެމްވީ ކްރައިސިސް
ޚުލާސާ

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ނިރޮޅުމަގުގެ އުތުރުން ދެކުނަށް ދުއްވާފައި އައިސް ނޮވެލްޓީ ކައިރީގައި މަޑުކޮށްފައި އޮތް ސައިކަލެއްގައި، ނިރޮޅުމަގުން ދެކުނަށް ދިއުމަށް ނުކުތް އެހެން ސައިކަލަކުން ޖެހިގެން ކަމަށް.

ހުޅުމާލޭ ފޭސް 1 ގެ ނިރޮޅުމަގުގައި ސައިކަލު މަތީ މީހަކު މަޑުކޮށްގެން އިންދާ، ގޯޅިން ނުކުތް އެހެން ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު މެންދުރުފަހު 12:23 ހާއިރުއެވެ. އެގޮތުން މި އެކްސިޑެންޓު ހިނގާފައިވަނީ ނިރޮޅުމަގުގެ އުތުރުން ދެކުނަށް ދުއްވާފައި އައިސް ނޮވެލްޓީ ކައިރީގައި މަޑުކޮށްފައި އޮތް ސައިކަލެއްގައި، ނިރޮޅުމަގުން ދެކުނަށް ދިއުމަށް ނުކުތް އެހެން ސައިކަލަކުން ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން ނުވަތަ އެހެން އެއްވެސް ގެއްލުމެއް ލިބުނުކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ އެކްސިޑެންޓްތައް ހުއްޓުވުމަށްޓަކައި، ދުއްވާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށާއި، ޓްރެފިކް ޤަވާޢިދުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%