ނަޝީދު އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާނެކަމުގެ ވާހަކައެއް ނުދެކެވޭ: ޑިމޮކްރެޓްސް

އައިޝަތު އީމާން | 59 ދުވަސް ކުރިން - 18:28
ޚުލާސާ

އިންތި ވިދާޅުވީ ރ. ނަޝީދުގެ އަރިސް ބޭފުޅުން އެމްޑީޕީއާއި އަލުން ގުޅުނީ ނަޝީދުއާއި މަޝްވަރާ ނުކޮށް ކަމަށް.. ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެ ކަމަށް މީގެކުރިން ވިދާޅުވެފަ.

ދަ ޑިމޮކްރެޓްސްގެ ބާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާއި ގުޅިވަޑައިގަންނަވާނެ ފަދަ އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށް ޑިމޮކްރެޓްސްއިން މިއަދު ބުނެފިއެވެ.

ޑިމޮކްރެޓްސްގެ އައު ލީޑަޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތްއިރު، ޑިމޮކްރެޓްސްގެ ރައީސްކަމުގައި ހުންނެވި ހަސަން ލަތީފާއި އެ ޕާޓީގެ ނައިބު ރައީސްކަމުގައި ހުންނެވި މުހައްމަދު ޝިފާޒްގެ އިތުރުން ލީޑަޝިޕްގައި ތިބި އެހެން މެންބަރުން އެޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާއި ގުޅުނީ ރައީސް ނަޝީދު ދެއްވި ލަފާފުޅަކުން ވެސް ނޫނެވެ. އަދި ރައީސް ނަޝީދުގެ ލަފާފުޅާއި އިރުޝާދު އަބަދުވެސް ދެއްވާނީ ދަ ޑިމޮކްރެޓްސްއަށް ކަމަށް އިންތި ވިދާޅުވިއެވެ.

ޕާޓީން މެންބަރުން ވަކިވުމަކީ ދެރަ ކަމެއްކަން ފާހަގަކުރައްވާ އިމްތިޔާޒު ވިދާޅުވީ އެއީ ޕާޓީ ކުރިއަށް ނުގޮސް ހުއްޓޭނެ ކަމެއް ނޫނެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ލީޑަރުން އަދިވެސް އެ ޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހަސަނާއި ޝިފާޒަކީ ނަޝީދާ ވެސް ވަރަށް އަރިސް ދެ ބޭފުޅުންނެވެ. އެކަމަކު، ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ޕާޓީން ވަކިވެ، އެނބުރި އެމްޑީޕީއަށް ސޮއިކުރުމާ ގުޅޭ ގޮތުން މިހާތަނަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%