އދ. އަތޮޅު ރިސޯޓެއް ކައިރީ އޮތް ސަފާރީއަކުން މޫދަށް ވެއްޓުނު ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ނ. ހޮޅުދޫ ސީވީޑް އަލީ އަރުޝަދު (35އ) އެވެ.
އަރުޝަދު މޫދަށް ވެއްޓުނީ ސަފާރީގެ ޑެކް މަތީގައި ހުއްޓައެވެ.
ފުލުހުން ބުނީ، ޑެކް މަތީގައި ހުއްޓާ މީހާ ވެއްޓި އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީން ފެނިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި އޭނާ ކަނޑަށް ވެއްޓިފައި ވަނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީންނެވެ.
އެމެންޑީއެފުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ