ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރައްވަމުންދާ ތާރީޚީ ދަތުރުފުޅުގައި، ރަށްރަށުގެ ތަރައްޤީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޚިދުމަތްތެރިންނަށް ޚާއްޞަ އިޙްތިރާމެއް ދެއްކެވުމަށް ނިންމަވައިފިއެވެ. މި ގޮތުން، ރައްޔިތުންނާއި ބައްދަލުކުރައްވާ ޖަލްސާތަކުގައި ކުރީ ސަފުގެ ގޮނޑިތައް މި ޚިދުމަތްތެރިންނަށް ޚާއްޞަކުރައްވާ މަންޒަރު ދަނީ ހުވަދޫ އަތޮޅުގެ ދަތުރުން ވަރަށް ސާފުކޮށް ފެންނަމުންނެވެ.
މި އައު އުސޫލަކީ، ކުރީގެ ސަރުކާރުތަކުގައި ގެންގުޅުއްވި އާދަކާދައާ ޚިލާފު، އިންޤިލާބީ ބަދަލެކެވެ. ކުރިން ކުރީ ސަފުގައި ތިއްބަވަނީ ހަމައެކަނި ދައުލަތުގެ އިސްވެރިންނާއި ރަށުގެ މިހާރުގެ ވެރިންނެވެ. ނަމަވެސް ރައީސް މުޢިއްޒުގެ މި އައު ނިންމެވުމާއެކު، ރަށްރަށުގެ ތަރައްޤީއަށް އުމުރުން ދުވަސްވަންދެން މަސައްކަތްކުރެއްވި ޚިދުމަތްތެރިންނަށް ވަނީ ޝަރަފުވެރި މަޤާމެއް ލިބިވަޑައިގެންފައެވެ.
ހުވަދޫ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުރީގެ ޚިދުމަތްތެރިން ކުރީ ސަފުގައި. ރައީސްގެ މި އައު އުސޫލަކީ މީގެ ކުރީ ސަރުކާރުތަކާއި ޚިލާފު ނިންމެވުމެއް.
ރައީސް އޮފީހުން ބުނީ، މި ނިންމެވުމުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމާއި، އެ ބޭފުޅުންގެ މުއްސަނދި ތަޖުރިބާއާއި ޚިޔާލުތައް ހޯއްދެވުމެވެ. "މި ޚިދުމަތްތެރިންނަކީ ރަށްރަށުގެ ތަރައްޤީގެ ފަހަތުގައި ތިއްބެވި އަސްލު ބަޠަލުން. އެ ބޭފުޅުންގެ ޙިކުމަތްތެރި ލަފާ ހޯއްދެވުމަކީ ރައީސް މުޢިއްޒުގެ އަމާޒެއް،"
ހުވަދޫ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ކުރީގެ ބައެއް ޚިދުމަތްތެރިންނާއި ސަލާމް ކުރައްވަނީ. ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި އެރަށެއްގެ އިހު ޚިދުމަތްތެރިންނަށް ޖަލްސާތަކުގެ ކުރީ ސަފުން ޖާގަ ދެއްވާ މަންޒަރު މިހާރު ދަނީ ފެންނަމުން.
މިހާތަނަށް އެ މަނިކުފާނުގެ އަރިހުން ފެނިފައިވާ ޚިދުމަތްތެރިންގެ ތެރޭގައި:
ގދ. ފިޔޯރީ:
މުހައްމަދު ސައީދު: އޭނާ ވަނީ އެ ރަށުގެ ކަތީބުކަމާއި ސްކޫލުގެ ހެޑްމާސްޓަރުކަން ކުރައްވާފައި
އަހުމަދު ދީދީ: އެ ރަށުގެ ކުރީގެ ކުޑަ ކަތީބު
އަލީ ފަހުމީ: އަތޮޅުވެރިޔާގެ އެހީތެރިޔާކަން ކުރިން ކުރެއްވި ބޭފުޅެއް
ގދ. ވާދޫ:
ޖަލީލް: 35 އަހަރު ވަންދެން ކެޔޮޅުކަން ކުރައްވާފައިވާ ބޭފުޅެއް
މުހައްމަދު އަލީ: އެ ރަށުގެ ކުރީގެ ކަތީބު
މުހައްމަދު އަލީ: 36 ވަންދެން ދިފާޢީ ބާރުގައި ޚިދުމަތްކުރެއްވި ބޭފުޅެއް
ރަތަފަންދޫ:
އަބްދުލް ރަޝީދު: އެ ރަށުގެ ވަރަށް ގިނަ ދުވަސްވީ މުދިމެއް. އަދިވެސް ގެންދަވަނީ ޚިދުމަތްކުރައްވަމުން
އަލީ އިބްރާހިމް: ވިޔަފާރިވެރިއެއް، ރަށުގެ ގަދަރުވެރިއެއް
ގއ. ކަނޑުހުޅުދޫ:
އަފީފް މުޙައްމަދު: މަސްވެރިކަމުގެ ދާއިރާގައި ވަރަށް ގިނަ ދުވަހު އުޅުއްވާފައިވާ ރަށުގެ ޤަދަރުވެރި އޮޑިވެރިއެއް
މުޙައްމަދު ދީދީ: ކުރީގެ ކަތީބު
ގއ. ނިލަންދޫ:
އަންވަރު މުޙައްމަދު، އޯކިޑްވިލާ: 55 އަހަރުދުވަހު މުދިންކަމާއި ކަށުކަމާލެމީގެ ކަންކަން އަދު ތެދުއިވަޑާންކުރުމުގައި ދެމިހުރި.
ޖަމީލާ އަޙްމަދު، ޗާންދަނީގެ: 55 އަހަރުދުވަސް ވަންދެން ޤުރުއާންގެ އަކުރު ދަސްކޮށްދިނުން ނުވަތަ ވޮށުފިލާ އެޅުމާއި، ދަނޑުވެރިކަމުގެ މަސައްކަތުގައި މިއަދާއި ހަމަޔަށް ދެމިހުރުން. ކަސަބުވެރިކަމުގެ މަސައްކަތް ވެސް ކުރައްވާ.
ގއ. ދެއްވަދޫ:
ޢަބްދުﷲ ޖަމީލް: 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ދެއްވަދޫގެ ކުރީގެ ކުޑަކަތީބު.
މުޙައްމަދު ޒާހިރު: 40 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ދެއްވަދޫ އޮފީހުގެ ކުރީގެ އޮޕަރޭޓަރު.