ބަންގްލަދޭޝް އާއި ޖަޕާނުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު!

އަހްމަދު އީޒާން | 1 ދުވަސް ކުރިން - 11:22
އެމްއެންޔޫގެ ގްރެޖުއޭޝަން / ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫގެ ގްރެޖުއޭޝަން / ފޮޓޯ: އެމްއެންޔޫ
ޚުލާސާ

ދިވެހި ދަރިވަރުންނަށް ބަންގަލަދޭޝް އާއި ޖަޕާނުގައި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަޝިޕްގެ ފުރުސަތުތައް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުވާލައިފައި.

ދިވެހި ދަރިވަރުންނަށް ބަންގަލަދޭޝް އާއި ޖަޕާނުގައި މަތީ ތައުލީމު ހާސިލުކުރުމަށް ސްކޮލަޝިޕްގެ ފުރުސަތުތައް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ "ސާކް ސްކޮލަޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަޝިޕް ޕްރޮގްރާމް 2024-2025"ގެ ނަމުގައި ބަންގްލަދޭޝްގެ ފަރާތުން ޖުމްލަ 14 ސްކޮލަޝިޕްގެ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށެވެ. އެ ސްކޮލަޝިޕްތަކުގެ ތެރޭގައި، ހަތް ބެޗްލާސް ޑިގްރީ އާއި ހަ އެމްބީބީއެސް އަދި އެއް ބީޑީއެސްގެ ފުރުސަތު ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖަޕާންގެ "ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަޝިޕް ޕްރޮގްރާމް 2025"ގެ ދަށުން 24 ޔުނިވާސިޓީއެއްގެ މާސްޓާސް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އެ ސްކޮލަޝިޕަށް ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި، ޑުއަލް ސިޓިޒަންޝިޕް އޮތް ފަރާތެއް ކަމުގައި ނުވުމާއި އެޕްލިކޭޝަން ހުށަހަޅާ ތާރީހުގެ ތިން އަހަރު ކުރިން ބެޗްލާސް ޑިގްރީ ހާސިލުކޮއްފައިވުމާއި ހުށަހަޅާ ޕްރޮގްރާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ވޯލްޑް ބޭންކްގެ މުވައްޒަފެއް ކަމުގައި ނުވުން ހިމެނެ އެވެ.

"ސާކް ސްކޮލަޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަޝިޕް ޕްރޮގްރާމް 2024-2025"އަށް ހުށަހެޅުމުގެ ސުންގަނޑި އަކީ މި މަހުގެ 14 ވަނަ ދުވަހުގެ 12:00 އެވެ.

"ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަޝިޕް ޕްރޮގްރާމް 2025"ގެ ފުރަތަމަ ސުންގަނޑި އަކީ މި މަހު 13 އިން ފެށިގެން އަންނަ މަހު 28 ގެ ނިޔަލަށެވެ. އަދި މި ފުރުސަތުގެ ދެވަނަ ސުންގަނޑި އަކީ އަންނަ މާޗު މަހުގެ 25 އިން ފެށިގެން މެއި މަހުގެ 23 ގެ ނިޔަލަށެވެ.

މި ސްކޮލަޝިޕްތަކުގެ އިތުރު މައުލޫމާތު މިނިސްޓްރީގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނުތަކުން ލިބޭނެ އެވެ. އަދި 1474 ގުޅައިގެންނާއި schol@mohe.gov.mv އަށް އީ-މެއިލް ކޮށްގެން ވެސް ލިބޭނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%