ފަހަތުން އަރައި އާސެނަލުން ބްރެންޓްފޯޑު ސައިޒުކޮށްފި

އައިޝަތު އީމާން | 76 ދުވަސް ކުރިން - 00:51
ގަބްރިއޭލް މާޓިނެލީ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ - ފޮޓޯ: އާސެނަލް
ގަބްރިއޭލް މާޓިނެލީ ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ - ފޮޓޯ: އާސެނަލް
ޚުލާސާ

އާސެނަލުން ބްރެންޓްފޯޑުގެ މައްޗަށް ކުރިހޯދި ނަމަވެސް އެއްވަނާގައި އޮތް ލިވަޕޫލާއި ދެމެދު 6 ޕޮއިންޓުގެ ފަރަގެއް އެބައޮތް. ބްރެންޓުފޯޑަށް އެންމެ ފަހުން އާސެނަލް ބަލިކުރެވިފައިވަނީ 2021 ވަނަ އަހަރު.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލުން ފަހަތުން އަރައި ބްރެންޓުފޯޑު ބަލިކޮށް ތާވަލުގެ ދެވަނައިގައި ހަމަޖެހިލައިފިއެވެ.

އައު އަހަރުގެ ފުރަތަމަ މެޗުގައި މި ދެޓީމު ވާދަކުރިއިރު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ބްރެންޓުފޯޑުން ލީޑު ނެގިއެވެ. އެ ޓީމުގެ ހަމައެކަނި ގޯލު ޖަހާފައިވަނީ 25 އަހަރުގެ ފޯވާޑު އެމްބޫމަރ އެވެ. މިއީ އޭނާ މި ސީޒަނުގައި ކާމިޔާބުކުރި 10 ވަނަ ގޯލެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ނަތީޖާ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ގަބްރިއެލް ޖިސޫސް ވަނީ ގޯލެއް ޖަހައި އެއްވަރު ކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ކުޑައިރުކޮޅެއް ތެރޭ ބްރެންޓުފޯޑުގެ ކީޕަރަށް ހެދުނު ގޯހަކުން އާސެނަލަށް ލީޑު ނަގައިދިނީ މެދުތެރެއަށް ކުޅޭ މައިކަލް މެރީނޯ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން 53 ވަނަ މިނެޓުގައި އާސެނަލްގެ ތިންވަނަ ގޯލު ޖަހައިދިނީ ފޯވާޑު މާޓިނެލީ އެވެ.

އާސެނަލްގެ ދެވަނަ ގޯލު މެރީނޯ ކާމިޔާބު ކުރަނީ

މި މޮޅާއެކު އާސެނަލް ތާވަލުގެ ދެވަނައިގައި 39 ޕޮއިންޓާއެކު ހަމަޖެހިލިއިރު އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދު 6 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލް އެއްވަނާގައި 45 ޕޮއިންޓާއެކު އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%