އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަހަރުގެ ފަހު މެޗު ޗެލްސިން ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅެ 2-0 ގެ ނަތީޖާއަކުން ބަލިވެއްޖެއެވެ.
ނިކޮލަސް ޖެކްސަން އާއި ޕެޑްރޯ ނެޓޯގެ އިތުރުން ކީޕަރު ސަންޗޭޒް އާއި ނުލައި ޗެލްސީން ކުޅުނު މިމެޗަކީ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދު އޮތް ފަރަގު ކުޑަކޮށްލަން ލިބުނު ފުރުސަތެކެވެ.
އިޕްސްވިޗްގެ ޕޯޓްމަން ސްޓޭޑިއަމްގައި ފަރަގު ކުޑަކޮށްލަން ލިބުނު ފުރުސަތު އެ ޓީމުން ނަގާލާފައިވާއިރު, ޗެލްސީ އޮތީ 19 މެޗުން ލިބިފައިވާ 35 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގަ އެވެ. އިޕްސްވިޗް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ 19 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީން މި މެޗުގްއި ގިނަ ހަމަލާތަކެއް އުފެއްދި. ޖޮއާއޯ ފީލިކްސް ފުރަތަމަ ހާފުގައި ލަނޑެއް ވެސް ކަމިޔާބުކުރިއެވެ. ނަމަވެސް އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފަ އެވެ.
ޗެލްސީގެ ގޯލު އިޕްސްވިޗުގެ ލިއާމް ހުޅުވާލީ މެޗުގެ 12 ވަނަ މިނިޓުގައެވެ. އެއީ ލިއާމް ޑެލަޕް އަށް ކުރި ފައުލް އަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. އޭގެފަހުން، މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުން ދެވަނަ ގޯލު ޖެހިއެވެ.
އަހަރު ނިންމާލިއިރު ރެލިގޭޝަން ޒޯނުގައި އޮތް އިޕްސްވިޗް އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން މޮޅުވެފައިވާއިރު މިއީ މި ސީޒަނުގައި އެ ޓީމު އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން މޮޅުވި ފުރަތަމަ ފަހަރު ވެސް މެއެވެ.