ތޮއްޑޫގައި ތައިލެންޑު އަންހެނަަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ

އަހްމަދު އީޒާން | 80 ދުވަސް ކުރިން - 16:57
އއ. ތޮއްޑޫ / ފޮޓޯ: އައިލެންޑީ
އއ. ތޮއްޑޫ / ފޮޓޯ: އައިލެންޑީ
ޚުލާސާ

ފުލުހުން މިއަދު ބުނީ ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑު އަންހެނަކަށް އޭނާގެ ސްޕޮންސަރު އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށް.

އއ. ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑުގެ އަންހެނަކަށް އޭނާގެ ސްޕޮންސަރު އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ތޮއްޑޫގައި މަސައްކަތްކުރާ ތައިލެންޑު އަންހެނަކަށް އޭނާގެ ސްޕޮންސަރު އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓަކުން އެނގޭ ގޮތުގައި އެ އަންހެން މީހާއަށް ލިބުނު އަނިޔާތަކަށް ތޮއްޑޫ ސިއްހީ މަރުކަޒުން ވަނީ ފަރުވާދީފަ އެވެ.

މި މައްސަލާގެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%