45 އަހަރަށްފަހު ފުލަމުން ޗެލްސީ ބަލިކުރިއިރު، ލިވަޕޫލަށް 7 ޕޮއިންޓުގެ ލީޑެއް

އުސްތާޛް މުޙައްމަދު ޢަލީ | 82 ދުވަސް ކުރިން - 09:35
ޚުލާސާ

ޗެލްސީ ލަނޑެއް ޖަހައިފައި ވަނިކޮށް ފުލަމް ފަހަތުން އަރައި ދެ ގޯލް ޖަހައި 45 އަހަރަށްފަހު ސްޓެމްފޯޑް ބްރިޖްގައި ޗެލްސީ ބަލިކޮށްލިއިރު، އެއްވަނައިގައި ލިވޕޫލުން ހަމަޖެހިލީ ލެސްޓާ ބަލިކޮށް 7 ޕޮއިންޓުގެ ލީޑަކުންނެވެ.

ފުލަމް އަތުން 2-1 އިން ޗެލްސީ ބަލިވެ ޝޮކެއް ލިބުނުއިރު، ލެސްޓާ ސިޓީ އަތުން 3-1 އިން މޮޅުވެ ޕްރިމިއާ ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއްގައި ލިވަޕޫލް ދެމިގެންފިއެވެ.

އެންފީލްޑްގައި ކުރީކޮޅު ޖޯޑަން އަޔޫ ލެސްޓާ އަށް ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ކޯޑީ ގަކްޕޯ ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. އެއަށްފަހު ދެވަނަ ހާފުގެ ކުރީކޮޅު ކަރޓިސް ޖޯންސް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީ، ވީއޭއާރްއިން ލަނޑު ކަށަވަރުކޮށްދީފައެވެ. 82ވަނަ މިނެޓުގައި ގޯލެއް ޖަހައި މުޙައްމަދު ސަލާޙް މޮޅު ކުޅުމެއް ދެއްކިއިރު، މިއީ ސީޒަނުގައި ލީގުގައި ޖެހި 16 ވަނަ ގޯލާއި ޕްރިމިއާ ލީގުގައި ލިވަޕޫލަށް އޭނާ ޖެހި 250 ވަނަ ގޯލެވެ. މި މޮޅާމެދު ވިސްނާލައްވަމުން ސަލާހު ބުންޏެވެ.

"މިފަހަރު ތަފާތު އިހުސާސެއް ކުރެވެނީ. އިރާދަކުރެއްވިއްޔާ، އަހަރެމެންނަށް ޕްރިމިއާ ލީގު ކާމިޔާބު ކުރެވޭނެ – އެއީ އަހަރެން ހުވަފެނުގައި ދެކޭ ކަމެއް."

މީގެއިތުރުން ކޯލް ޕާމާ މެދުވެރިކޮށް ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީން ވަނީ ކުރީކޮޅު ލީޑު ނަގާފައެވެ. ނަމަވެސް ފަހަތުން އަރައި ދެގޯލު ޖަހައި ފުލަމުން ވަނީ މެޗް ކާމިޔާބުކޮށްފަ އެވެ. މެޗުގެ 82 ވަނަ މިނެޓްގައި ހެރީ ވިލްސަން ނަތީޖާ ހަމަހަމަކޮށްދިނުމުގެ ކުރިން ރޮޑްރިގޯ މުނީޒްގެ ކާމިޔާބުކޮށްދިނީ 45 އަހަރު ފަހުން ސްޓެމްފޯޑް ބްރިޖްގައި ފުލަމްއަށް ފުރަތަމަ ފަހަރަށް މޮޅުވުމުގެ ޝަރަފެވެ..

މި ނަތީޖާއާއެކު ލިވަޕޫލް ކުޅުނު 17 މެޗުން 42 ޕޮއިންޓަށް ދެމިލިއިރު، ޗެލްސީއަށް 18 މެޗުން ލިބުނީ 35 ޕޮއިންޓެވެ. އާސެނަލް އަދިވެސް ވާދަކުރުމުގެ ފުރުސަތު އެބައޮތެވެ. ޗެލްސީއަށްވުރެ 1 މެޗު މަދުން ކުޅުނު އާސެނަލް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%