އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުން ކެންސަރު ބައްޔަށް ފޯރުކޮށްދޭ އެންމެ ޒަމާނީ ފަރުވާއާއި ޚިދުމަތްތަކުގެ މަޢުލޫމާތު ޙިއްސާކޮށްފި

އާނާ ފަހީމް | 95 ދުވަސް ކުރިން - 21:59
ޚުލާސާ

އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމާއި، ޕޯސްޓް އޮޕަރޭޓިވްސް ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ކުރިއަށް ގެންގޮސް ޕްރޮޓޯން ބީމް ތެރަޕީއާއި ސައިބަރ ނައިފް ފަދަ ޒަމާނީ ކެންސަރު ބަލީގެ ފަރުވާތައް އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުން ފޯރުކޮށްދޭ.

އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުން ކެންސަރު ބައްޔަށް ފޯރުކޮށްދޭ އެންމެ ޒަމާނީ ފަރުވާއާއި، އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފިއެވެ.

އެޕޯލޯ ހޮސްޕިޓަލުން ބުނީ، ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް "މަލްޓި ޑިސިޕްލިނަރީ" ނުވަތަ ބަލިމީހާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެވޭނެ ފަރުވާގެ އިންތިޒާމުތައް އެ ހޮސްޕިޓަލުތަކުގައި ހަމަޖެހިފައިވާ ކަމަށެވެ. އަދި އެމެޖެންސީ ނޫން ޙާލަތްތަކުގައި ރާއްޖޭގައި ތިބޭ ޑޮކްޓަރުންގެ އެހީތެރިކަމާއެކު ޓެސްޓުތައް ހަދައި، ބަލީގެ ޙާލަތު ދެނެގަތުމާއި ބޭނުންވާ ފަރުވާތައް ދެނެގަނެވޭނެ ކަމަށްވެސް ބުންޏެވެ.

އެޕޯލޯ ހޮސްޕިޓަލް ބެންގަލޫރޫގެ ނިއުރޯސާޖަރީ ޑިޕާޓްމެންޓުގެ ޑރ. ސަތީޝް ސައްތިޔަނާރަން ވިދާޅުވީ، އެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ބޮޑަށް އަމާޒުކުރަނީ އެންމެ ފަހުގެ ޒަމާނީ ފަރުވާތައް ހުޅަނގުގެ ޤައުމުތަކަށްވުރެ އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު މި ސަރަޙައްދުގައި ހަމަޖެއްސުމަށް ކަމަށެވެ.

އެ ހޮސްޕިޓަލުން ކެންސަރު ބައްޔަށް ދޭ ފަރުވާތަކުގެ ތެރޭގައި އާންމުކޮށްދެވޭ ފަރުވާތަކުގެ އިތުރުން ޕްރޮޓޯން ބީމް ތެރެޕީއާއި ސައިބަރ ނައިފް ހިމެނެއެވެ. މި ފަރުވާތަކަކީ ހަށިގަނޑުގައި ހުންނަ ކެންސަރު ސެލްތަކަށް ސީދާ އަމާޒުކޮށް އެހެން ސަރަޙައްދުތަކަށް ރޭޑިއޭޝަންގެ އަސަރު ކުޑަވާ ގޮތަށް ދެވޭ ފަރުވާތަކެކެވެ.

މީގެ އިތުރުން، ބަލިމީހުންނަށް އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމާއި، ޕޯސްޓް އޮޕަރޭޓިވްސް ކޮންސަލްޓޭޝަންތައް އޮންލައިންކޮށް ކުރިއަށް ގެންދާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި ފަރުވާގެ ކަންކަން ފެށުނީއްސުރެ ނިމުމާއި ހަމައަށް އެހީތެރިކަން ލިބޭނެކަންވެސް ފާހަގަކޮށްފައިވެއެވެ.

އެޕޯލޯ ހޮސްޕިޓަލުން ފޯރުކޮށްދޭ މި ޒަމާނީ ފަރުވާތަކަކީ ކެންސަރު ބަލީގެ ފަރުވާއަށް އައިސްފައިވާ މުހިންމު ކުރިއެރުމެކެވެ. ޚާއްޞަކޮށް ޕްރޮޓޯން ބީމް ތެރަޕީއާއި ސައިބަރ ނައިފްގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދެވޭ ފަރުވާތަކަކީ ކެންސަރު ސެލްތަކަށް އަމާޒުކޮށް، ދުޅަހެޔޮ ސެލްތަކަށް ގެއްލުން ކުޑަވާގޮތަށް ދެވޭ ފަރުވާތަކެކެވެ.

މި ފަރުވާތަކުގެ ސަބަބުން ރޭޑިއޭޝަން ފަރުވާ ނަގަން ބޭނުންނުވާ މީހުންނާއި އޮޕަރޭޝަން ނުކުރެވޭ މީހުންނަށްވެސް ފަރުވާ ލިބުމުގެ ފުރުޞަތު ފަހިވެގެންދާކަމަށް އެޕޯލޯ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ. މިއީ ކެންސަރު ބަލީގެ ފަރުވާގައި ލިބޭ މުހިންމު ކުރިއެރުމެކެވެ.

އެޕޯލޯ ހޮސްޕިޓަލުން މިފަދަ ޒަމާނީ ފަރުވާތައް ފޯރުކޮށްދިނުމުގެ އިތުރުން، ބަލިމީހުންނަށް ފަސޭހަވާނެ ގޮތަށް އޮންލައިން ކޮންސަލްޓޭޝަންތަކާއި ޕޯސްޓް އޮޕަރޭޓިވް ފޮލޯއަޕްތައް ބޭއްވުމަކީ ބަލިމީހުންނަށް ލިބޭ އިތުރު ފަސޭހައެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%