އަޅުގަނޑާއި ހަމައަށް އެންސްޕާގެ ކޮރަޕްޝަނުގެ އެއްވެސް މަޢުލޫމާތެއް ނާދޭ: ރައީސް

އާނާ ފަހީމް | 81 ދުވަސް ކުރިން - 18:55
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

އެންސްޕާގެ ކޮރަޕްޝަނާއި ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މިފަދަ ތުހުމަތުތައް ބަލައި ތަޙްޤީޤުކުރެވޭނެ ކަމަށް.

އެންސްޕާގެ ކޮރަޕްޝަނާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ލިބިވަޑައިގެންފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.

އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ސަސްޕެންޑް ނުކުރާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނާ ހަމައަށް އެކަމުގެ އެއްވެސް މަޢުލޫމާތެއް ނާންނަ ކަމަށާއި، އެފަދަ މަޢުލޫމާތެއް އެމަނިކުފާނާ ހަމައަށް ލިބިއްޖެނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

"އެއްވެސް ތަނަކުން ކޮރަޕްޝަނުގެ ކަމެއް ހިނގާނަމަ އެކަމެއް ބަލަންޖެހޭނެ. ބަލައި ޤަވާޢިދާ ޚިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އެޅޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ކޮރަޕްޝަނުގެ އެއްވެސް ޢަމަލަކަށް ފުރުޞަތު ނުދެވޭނެ ކަމަށެވެ.

އެޗްޑީސީގެ ކޮރަޕްޝަނުގެ މައްސަލަވެސް ފެންމަތިވުމާ ގުޅިގެން އެމަނިކުފާނު ވަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވާ، މި ސަރުކާރަކީ ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ދޭނެ ސަރުކާރެއް ނޫންކަން ސާބިތުކޮށްދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%