އައްޑޫ ފައިނަލަށް، ވާދަކުރާނީ އޭދަފުއްޓާ

އުސްތާޛް މުޙައްމަދު ޢަލީ | 118 ދުވަސް ކުރިން - 21 ޑިސެންބަރު 2024 03:25
ނައިންޓީ ޕްލަސް ގޯލްޑް ކަޕް - ސެމީ ފައިނަލުގައި އަލިފުށި އަދި އައްޑޫ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ޚުލާސާ
ނައިންޓީ ޕްލަސް ގޯލްޑް ކަޕް - ސެމީ ފައިނަލުގައި އަލިފުށި އަދި އައްޑޫ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ޚުލާސާ
ޚުލާސާ

އައްޑޫ ސިޓީ ފައިނަލަށް ދިޔައިރު އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ ބޮންޑާ. ދެވަނަ ލަނޑު ވެސް ޖެހީ ބޮންޑާގެ މަސައްކަތުން. އޭދަފުއްޓާއެކުނއައްޑޫ ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހު.

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ގަލޮޅު ދަނޑުގައި އައްޑޫ ސިޓީން ރ. އަލިފުށި 2-0 އިން ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ހޯދައިފައެވެ.

މި މުބާރާތުގެ ފައިނަލުގައި އައްޑޫ ސިޓީން ކުޅޭނީ މިއަދު ހަވީރު މާލެ ސިޓީ ކަޓުވާލި ބ. އޭދަފުށްޓާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. އޭދަފުށި ފައިނަލަށް ދަތުރުކޮށްފައިވަނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާލެ ސިޓީ 3-2 އިން ބަލިކުރުމަށްފަހުއެވެ.

ސެމީފައިނަލުގައި އަލިފުށި އަދި އައްޑޫ ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ޚުލާސާ

މިރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ. އައްޑޫ ސިޓީގެ ފުރަތަމަ ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން، ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. މިއީ އިސްމާއިލް އީސާ (މެސީ) ނެގި ކޯނަރަކުން ބޮންޑާ ބޮލުން ޖެހި ގޯލެކެވެ.

އައްޑޫ ސިޓީގެ ދެވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. މިއީ އޭރިއާ ތެރެއިން ބޮންޑާ ނެގި ހުރަހަކުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ލިބުނު ބޯޅަ ބްލޮކްވުމަށްފަހު، ފޭދޫ އިއްބެ އަށް ލިބިގެން ޖެހި ގޯލެކެވެ.

ބޮމްޑާގެ ވަރަށް މަސައްކަތު ރޭޓު ރަނގަޅު މި މެޗުގެ ފަހު ވަގުތުތަކުގައި އައްޑޫ ސިޓީގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ވެސް ވަނީ ކުޅެން އަރާފައެވެ. އަލިފުށިން ގިނަ ކުޅުންތެރިން އެޓޭކަށް އަރައި ގޯލެއް ޖަހަން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%