އަޅުގަނޑުގެ ދަރިފުޅު ހުޅުމާލެއިން ބިމެއް ނުގަނޭ: ވަޖީހު

އަހްމަދު އީޒާން | 83 ދުވަސް ކުރިން - 19:41
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް / ފޮޓޯ: އެމްޕީއެލް
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް / ފޮޓޯ: އެމްޕީއެލް
ޚުލާސާ

ވަޖީހު ވިދާޅުވީ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް.

އޭނާގެ ދަރިފުޅު ހުޅުމާލެއިން ބިމެއް ގަތް ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވަޖީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ދަރިފުޅު އިސްމާއީލް ހާތިމް ވަޖީހު އެޗްޑީސީން ބިމެއް ގަނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެފަދަ އެއްވެސް އެއްބަސްވުމެއް ވެސް ހަދާފައި ނުވާނެ ވާހަކަ ދަންނަވަމެވެ،" ވަޖީހު ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިން މައްސަލައެއް ފުލުހުންނާއި އޭސީސީން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލާގައި އެޗްޑީސީ އާއި މިހާރުގެ ހައުސިން މިނިސްޓްރީ އަދި ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ބައެއް އިސްވެރިން ސަސްޕެންޑުކޮށް ޕާސްޕޯޓު ވަނީ ހިފަހައްޓައިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ، އެގޮތަށް ބިން ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި ވަޖީހުގެ ދަރިފުޅުގެ ނަން އޮތް ކަމަށް ބުނެ ވާހަކަ ފަތުރަން ފެށުމުން އޭނާ މި ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%