ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިއާއަށް ވަޑައިގަންނަވަނީ

އުސްތާޛް މުޙައްމަދު ޢަލީ | 81 ދުވަސް ކުރިން - 11:53
ޚުލާސާ

ފެބުރުއަރީ 10 އިން 14 އަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު މަޖިލިސް ރައީސްކަމާއި ޙަވާލުވެވަޑައިގަތް ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު.

އިންޑިއާގެ ޕާލަމެންޓްގެ ރައީސް ޝްރީ އޯމް ބިރްލާގެ ދައުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަންނަ އަހަރުގެ ފެބްރުއަރީ މަހު އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

މިއީ އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޯ އެކްސްޓަރނަލް އެފެއާޒް ޕަބިތުރާ މާގޭރިޓާ ވަނީ އިންޑިއާގެ ޕާލަމެންޓަށް ފޮނުއްވި ސިޓީއެއްގައި މި ދަތުރުފުޅު ކަށަވަރުކޮށްދެއްވާފައެވެ.

މިއީ މަޖިލިސް ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސް މެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ރައްޔިތުންގެ މަޖިލީހުގެ ގާތް އެއްބާރުލުން ދިނުމާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

އިންޑިއާ އިން ވަނީ ޕާލަމެންޓްރީ އެކްސްޗޭންޖްތަކުގެ ތެރެއިން އަވަށްޓެރި ގައުމުތަކާއި ގުޅިގެން ދާއިމީ ގޮތެއްގައި ގުޅުން ބަދަހިކޮށްފަ އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް 2019 ގެ ސެޕްޓެމްބަރުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެ އަހަރު ރާއްޖޭގެ މަޖިލިސް ރައީސް އިންޑިއާއަށް 2019 ގެ ޑިސެމްބަރުގައި އަދި 2022 ގެ އެޕްރިލް އަދި އޯގަސްޓުގައި ޒިޔާރަތްކުރި އެވެ.

އިމްޑިއާގެ މިފަހަރުގެ ދަޢުވަތަށް މަޖިލިސް ރައީސް ޢަބްދުއްރަޙީމްގެ ދަތުރުފުޅު ހަމަޖެހިފައިވަނީ ފެބުރުއަރީ 10 އިން ފެށިގެން 14 ވަނަ ދުވަހަށެވެ..

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%