ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެ: މެޓް

އަައިޝަތު ޒީނާ | 5 ގަޑިއިރު ކުރިން - 14:39
މީގެ ކުރިން މާލެއަށް ކުރި ވިއްސާރައިގައި މަގުމަތީގައި ފެންބޮޑުވެފައި. / ފޮޓޯ: ޚުލާސާ
މީގެ ކުރިން މާލެއަށް ކުރި ވިއްސާރައިގައި މަގުމަތީގައި ފެންބޮޑުވެފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

މެޓް އިން ބުނީ އުތުރުގެ އަތޮޅުތަކަށް މި ހަފްތާ ބަންދުގައި ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެ ކަމަށް.

ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އިން މިއަދު ނެރުނު މޫސުމީ ސަމާލުގައިވަނީ ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މެޓް އިން ބުނީ އުތުރުގެ އަތޮޅުތަކަށް މި ހަފްތާ ބަންދުގައި ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަދަ ވަޔާއެކު ވިއްސާރަކުރާނެ ކަމަށެވެ.

މެޓް އިން މިއަދު ވަނީ ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލުވެސް ނެރިފައެވެ. އެގޮތުން މިއަދު 14:30 އިން މިރޭ 20:30 އާާ ހަމައަށް އެ ސަރަޙައްދަށް ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ވެސް މިއަދު 15:00 އިން ފެށިގެން 21:00 އަށް ހުދު ސަމާލު ނެރެފައިވާއިރު، އެ ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރެ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އިން ބުނީ މޫސުމާއި ބެހޭ އެންމެ ފަހުގެ ނިމުތު އަދި ސަމާލުތަކާގުޅޭ މަޢުލޫމާތު އެ ސާރވިސްގެ ވެބްސައިޓް އަދި ވައިބަރ ގުރޫޕުން ލިބޭނެ ކަމަށާއި، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%