ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ މާލެއާއި ކ. ގުރައިދޫ ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ގުރައިދޫ ބަލިކޮށްލައި މާލެއިން ސެމީގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގެ 90 މިނެޓް ހަމަވިއިރު 1-1 އިން އޮތީ އެއްވަރުވެފައެވެ.
ޕެނަލްޓީގައި މާލެއިން މެޗު ކާމިޔާބުކުރީ 5-4 އިންނެވެ.
ކ. ގުރައިދޫ ކަޓުވާލައި ސެމީ ފައިނަލުގައި މާލެ ސިޓީން ބައްދަލުކުރާނީ ބ. އޭދަފުށްޓާ ދެކޮޅަށެވެ.
އޭދަފުށްޓާއި މާލެ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެފައެވެ. އެފަހަރު މޮޅުވީ 2-0 އިން އޭދަފުށްޓެވެ.
އޭދަފުށިން ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު 5-0 އިން ޅ. ނައިފަރު ބަލިކޮށްގެންނެވެ.