ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

އަހްމަދު އީޒާން | 86 ދުވަސް ކުރިން - 13:30
ކ. ގުރައިދޫ. / ފޮޓޯ: ސޯޝަލް މީޑިއާ
ކ. ގުރައިދޫ. / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ފުލުހުން ބުނީ ގުރައިދޫގައި މަރުވި ހަތަރު މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު މެންދުރު 12:00ގެ ޕްލައިޓަކުން އިންޑިއާއަށް ފޮނުވާފައިވާ ކަމަށް.

ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އެ ކުއްޖާގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ ގުރައިދޫގައި މަރުވި ހަތަރު މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު މެންދުރު 12:00ގެ ޕްލައިޓަކުން އިންޑިއާއަށް ފޮނުވާފައިވާ ކަމަށެވެ.

އެ ކުއްޖާގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަޙުޤީޤުކުރަން ފުލުހުން ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން މި މައްސަލަ ތަޙުޤީޤުކުރަން ފަށައި، އެ ކުއްޖާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ މާލެ ގަލޮޅު މޯޗަރީގައެވެ.

އެނގިފައިވާ ގޮތުގައި، އެ ކުއްޖާ މަރުވެފައި އޮތް އިރު ނޭފަތުން ހުރީ ލޭ އައިސްފައެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފުސީލު ފުލުހުން އަދި ނުދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%