ރޮނާލްޑޯ ބްރެޒިލް ފުޓްބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް ވާދަކުރަނީ

އުސްތާޛް މުޙައްމަދު ޢަލީ | 1 ދުވަސް ކުރިން - 11:03
ޚުލާސާ

ސްޕެއިންގެ ލަ ލީގާގެ ރެއާލް ވަޔަޑޮލިޑްގައި އޮތް ރޮނާލްޑޯގެ ޝެއާ ވިއްކާލައި، ބްރެޒިލްހެ އެފްއޭގެ ރައީސް ކަމަށް ރޮނާލްޑޯ ކުރިމަތިލާން ނިންމީ މިހާރުގެ ރައީސް އެޑްނަލްޑޯ ރޮޑްރިގޭޒް ފެއިލްވެފައިވާ ކަމަށް ބުނެ.

ބްރެޒިލްގެ ކުރީގެ ފޯވަޑް ރޮނާލްޑޯ, ބްރެޒިލް ފުޓްބޯލް އެސޯސިއޭޝަން (ސީބީއެފް) ގެ ރައީސްކަމުގެ މަޤާމަށް ވާދަކުރާނެ ކަމަށް ބުނެފިއެވެ.

އުމުރުން 48 އަހަރުގެ ރޮނާލްޑޯ ބުނެފައިވަނީ އޭނާ މި މަޤާމަށް ވާދަކުރަނީ ބްރެޒިލްގެ ނަން ދުނިޔޭގެ ފުޓްބޯޅައިގައި ކުރިން އޮތް ހަރުފަތަށް ގެންދިއުމަށް ކަމަށެވެ. އަދި މިހާރުގެ ރައީސް އެޑްނަލްޑޯ ރޮޑްރިގޭޒް އެކަމަށް ފެއިލްވެފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ރޮނާލްޑޯ ބުނެފައިވަނީ ފާއިތުވެދިޔަ ގިނަ އަހަރުތަކެއްގައި ބްރެޒިލްގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ ހައްލަކަށް ވެފައިވާ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަންނަން ޖެހޭ ކަމަށެވެ. އަދި ގައުމީ ޓީމާމެދު ރައްޔިތުންގެ ޝައުޤުވެރިކަމާއި އިޙްތިރާމް މިހާރު ގެއްލިފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ސީބީއެފްގެ މިހާރުގެ ރައީސް ރޮޑްރިގޭޒްގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. ނަމަވެސް ސީބީއެފްގެ ގަވާއިދު ބުނާ ގޮތުން އެއިރެއްގައި މަޤާމުގައި ހުންނަ ފަރާތެއްގެ ދައުރު ހަމަވުމުގެ އެއް އަހަރު ކުރިން އިންތިޚާބު ބާއްވަން ޖެހޭނެއެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން މި އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

ރޮނާލްޑޯއަކީ 2002 ވަނަ އަހަރު ބްރެޒިލް އަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިއެކެވެ. އަދި އޭނާއަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއެވެ.

ރޮނާލްޑޯ ބުނެފައިވަނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިން ބްރެޒިލްގައި ތިބިއިރު މިފަދަ ބޮޑެތި މުބާރާތްތަކުގައި ކާމިޔާބީ ނުހޯދޭކަމީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މި މަޤާމަށް ވާދަކުރާއިރު ސްޕެއިންގެ ލަ ލީގާގެ ރެއާލް ވަޔަޑޮލިޑްގައި އޮތް އޭނާގެ ހިއްސާ ވިއްކާލާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%