އިސްރާއީލުން ޣައްޒާ ސުންނާފަތިކޮށް ޔަމަނުގެ ބަނދަރުތަކާއި އިންޖީނުގެތަކަށް ބޮން އަޅައިފި

އައިޝަތު އީމާން | 2 ގަޑިއިރު ކުރިން - 17:05
އިސްރާއީލުގެ އަސްކަރީ ވެހިކަލްތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި.
އިސްރާއީލުގެ އަސްކަރީ ވެހިކަލްތަކުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގައި.
ޚުލާސާ

މެދުއިރުމަތީގެ ހަނގުރާމަތައް ހިނގަނީ ޖިއޮޕޮލިޓިކަލް ވާދަވެރިކަމާއި، ދީނީ ބައިބައިވުމާއި، އިސްރާއީލާއި - ފަލަސްތީނާއި، އިސްރާއީލާއި - ލުބުނާނު އަދި، ސީރިއާއާއި، އިރާގާއި، ޔަމަނުގެ ހަމަނުޖެހުންތަކުގެ ސަބަބުން.

17:24

ފޮޓޯ: ޚާން ޔޫނުސްގައި ފެން ނެގުމަށް ފަލަސްތީނު ރައްޔިތުން މަސައްކަތް ކުރަނީ





17:21

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ 45،129 މީހުން ޝަހީދުވެ، 107،338 މީހުން ޒަޚަމްވެފައިވޭ.

އަދި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 32 އަށް އަރާފަ.

17:00

ޣައްޒާއަށް ސާފު ފެން ނުދިނުމަށް އިސްރާއީލުން ގެންގުޅެނީ "ފުޅާ ސިޔާސަތެއް"؛ ހިއުމަން ރައިޓްސް ވޮޗްގެ އެކްޓިން އިޒްރޭލް އެންޑް ފަލަސްތީނުގެ އެސޯސިއޭޓް ޑިރެކްޓަރު ބިލް ވެން އެސްވެލްޑް

16:55

ޣައްޒާ ސިޓީގެ ޝާޓީ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ތިން މީހަކު ޝަހީދުކޮށްލައިފި.

15:45

އިޒްރޭލު ސިފައިން ބަލަޓާ ރެފިއުޖީ ކޭމްޕްގައި ހިންގި އޮޕަރޭޝަނެއްގައި އުމުރުން 80 އަހަރުގެ އަންހެނަކު މަރާލައި އިތުރު ދެ މީހަކަށް އަނިޔާވެއްޖެ.

15:22

ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 14 މީހަކު ހައްޔަރުކޮށްފި: ރިޕޯޓް

14:15

އިޒްރޭލުން ޖަބާލިއާ އަލް ބަލާދުގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައިފި.

13:55

ޔަމަނަށް އިސްރާއީލުން ދިން ހަމަލާތަކަކީ ނުރައްކާތެރި ކަމެއް: ހަމާސް

13:32

ހުޅަނގު އައްސޭރީގެ ނަބްލުސްގެ އިރުމަތީގައި އުމުރުން ދުވަސްވީ މީހެއްގެ ބުރަކަށީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޒަހަމްކޮށްލައިފި.

12:45

އިސްރާއީލުގެ ބޮޑުވަޒީރަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ޗިލީގެ ރައީސް ސިފަކުރައްވައިފި.

12:15

ޔަމަނުގެ އުމްރާނީ ވަސީލަތްތަކަށް އިސްރާއީލުން ދިން ހަމަލާ އީރާނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި.

12:00

އިޒްރޭލުގެ އަސްކަރިއްޔާއިން ޔަމަނަށް ދިން ހަމަލާތަކަށް ރައީސް ހަރްޒޯގް ތައުރީފު ކޮށްފި.

11:50

އިސްރާއީލުން ޣައްޒާގެ ރަފާ ކައިރީގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި، މަޣާޒީގައި އިތުރު 4 މީހަކު ޝަހީދުކޮށްލައިފި.

11:45

އިސްރާއީލުން ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އާންމުންނަށް އެކަށީގެންވާ ފެން ނުލިބުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެދާނެ: ހިއުމަން ރައިޓްސް ވޮޗް

10:30

އިސްރާއީލުގެ މެދުތެރޭގެ ސްކޫލް އިމާރާތަކަށް ގެއްލުންދީފި.

10:00

ޔަމަނުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ނުވަ މީހަކު ޝަހީދުވެއްޖެ: ރިޕޯޓް

09:30

ޔަމަނުގެ ބަނދަރުތަކާއި ހަކަތައިގެ އިންފްރާސްޓްރަކްޗާ އަށް ދިން ހަމަލާތައް އިޒްރޭލުން ކަށަވަރުކޮށްދީފި.

09:15

އިސްރާއީލުން ދިން ހަމަލާތަކުގައި ސަނާ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ.

09:00

އަލް މަސީރާ ޓީވީން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުން ރަސް އީސާ ތެޔޮ ފެސިލިޓީއަށް ދިން ހަމަލާތަކުގައި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޝަހީދުވެފަ.


މި ހާދިސާގައި ޝަހީދުވެފައިވަނީ ކިތައް މީހުން ކަމެއް ނުވަތަ ޒަހަމްވީ ކިތައް މީހުން ކަމެއް ރިޕޯޓުގައި ބުނެފައެއް ނުވޭ.

08:45

އިސްރާއީލުގެ ވަޒީރަކު ފަލަސްތީނު މީހުން "މަޖުބޫރުކޮށް ފޮނުވާލަން" ރާވާފައިވާ ކަމަށް ބުނެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ފާޑުކިޔައިފި.

08:30

ޔަމަނުގެ ބަނދަރާއި އިންޖީނުގެތަކަށް އިސްރާއީލު ސިފައިން ހަމަލާދީފި: ރިޕޯޓް

08:15

ޔަމަނުގެ ހޫތީންގެ ތަންތަނަށް އިޒްރޭލުން ހަމަލާދީފި.


މިކަން ހާމަކޮށްފައި މިވަނީ ޔަމަނުން ފޮނުވާލި މިސައިލެއް ހުއްޓުވާފައިވާ ކަމަށް އަސްކަރިއްޔާއިން ރިޕޯޓްކޮށްފައި ވަނިކޮށް.

08:00

ކޮންގްރެސްގެ އަޑުއެހުމުގައި އެމެރިކާގެ ތަޖުރިބާކާރު ބޭފުޅަކު ޣައްޒާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލައިފި.


އެމެރިކާގެ އަސްކަރިއްޔާގެ ކުރީގެ ކެޕްޓަނެއް ކަމަށްވާ ޖޯސެފިން ގިލްބެއު ވަނީ އިޒްރޭލުގެ ހަނގުރާމައާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމައަށް ތާއީދު ކުރާތީ އެކަމާ ދެކޮޅަށް ކޮންގްރެސްގައި ބޭއްވި ތަޖުރިބާކާރު ކަންކަމާ ބެހޭ އަޑުއެހުމަށް ހުރަސް އަޅާފަ.

00:50

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ދޮންކެޔޮ ލިބުމުން ދަރިންގެ މޫނުމަތިން އުފާވެރިކަން ދައްކުވައިދޭ ވީޑިއޯއެއް ފަލަސްތީނުގެ ފޮޓޯގްރާފަރު ޔަހްޔާ ސުބައިހް އާންމުކޮށްފި.


00:20

މިދިޔަ އަހަރާ އަޅާބަލާއިރު ޖަރުމަނުން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރި މިންވަރު ދެބައިކުޅަ އެއްބައި ދަށްވެފައިވާ ކަމަށް އެކްސްޕޯޓް ލައިސަންސް އެޕްރޫވްކުރާ އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފި.

00:00

19 ޑިސެންބަރު 2024 (ބުރާސްފަތި)


އިޒްރޭލު ސިފައިން ލުބުނާނުގެ ދެކުނުގެ ބައެއް ގެތައް ތަޅާ ސުންނާފަތިކޮށްލައިފި.

23:55

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް ކައިރީގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ ތިން މީހަކު މަރުވެފައިވޭ: ވަފާ ނިއުސް އެޖެންސީ

23:35

ފޮޓޯ: ހަމަނުޖެހުންތަކާ ގުޅިގެން ފަލަސްތީނުގެ ސަލާމަތީ ބާރުތަކުން ޖެނިން ޕެޓްރޯލް ކުރުން




22:45

ފަލަސްޠީނުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތަކުން ފަލަސްޠީނާ ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތައް ޙައްލުކުރުމުގައި އދ.ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރއާ އެކު "ހުރިހާ ބައިވެރިވުމެއް" މެދުކަނޑާލައިފި.

21:05

ޣައްޒާގެ ކަމާލް އަދްވާން ހޮސްޕިޓަލަށް ތަކުރާރުކޮށް ހަމަލާދޭތާ 60 ދުވަސް.

20:27

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލައިފި.

19:18

އެމެރިކާ-ތުރުކީ އެކްޓިވިސްޓް އައިސެނޫރު އެޒްގީ އީގީ އިސްރާއީލުން މަރާލި މައްސަލަ އެމެރިކާގައި ތަހުގީގެއް ހިންގުމަށް ގޮވާލައި އޭނާގެ އާއިލާއިން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ ބައްދަލުކޮށްފި.

އެޒްގީ އީގީ މަރާލާފައިވަނީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު.

19:10

އިޒްރޭލުގެ ހެވީ ވެހިކަލްތަކުން ދަނީ ލުބުނާނުގެ ދެކުނުގައި އޮންނަ ނަކޫރާ އަވަށުގައި ސުންނާފަތިކޮށްލުމުގެ އޮޕަރޭޝަންތަކެއް ހިންގަމުން ކަމަށް ލުބުނާނުގެ އެކްޓިވިސްޓެއްގެ ވީޑިއޯއަކާއި ހަވާލާދީ އަލްޖަޒީރާގެ ފެކްޓް ޗެކިން އެޖެންސީ ސަނާޑުން ކަށަވަރުކޮށްދީފި.

18:06

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫންގެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަ މީހަކު ޝަހީދުވެފައިވޭ.

16:34

ޚާން ޔޫނުސްގެ އިރުމަތީގައި އޮންނަ އާއިލާގެ ގެއަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެ އަންހެނަކު ޝަހީދުވެއްޖެ.

16:32

ފޮޓޯ: ގެދޮރު ގެއްލިފައިވާ މީހުންގެ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއަށް ފަހު




16:29

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 45،097 މީހުން ޝަހީދުވެ، 107،244 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނޭ.


މިދިޔަ 24 ގަޑިއިރުގެ ރިޕޯޓިން ޕީރިއަޑްގައި 38 މީހުން މަރުވެ 203 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނޭ.

15:25

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ ޣައްޒާގެ އުތުރުގައި އިސްރާއީލުން ވަށާލަމުންދާއިރު، ކަމާލް އަދްވާން ހޮސްޕިޓަލުގައި ބައިނަލްއަގުވާމީ މެޑިކަލް ޓީމެއް ބޭތިއްބުމުގެ ހުއްދަ ދީފައި ނުވާ ކަމަށް.


އދ.ގެ ހެލްތު އެޖެންސީގެ މަންދޫބު ބަލްކީ ވިދާޅުވީ އެ ހޮސްޕިޓަލަކީ ސާޖިކަލް ނުވަތަ މާބަނޑު މީހުންނަށް ފަރުވާ ދިނުމުގެ ގާބިލުކަން ނެތް ހޮސްޕިޓަލެއް ކަމަށް. އޭގެ ބަދަލުގައި ޑަބްލިއުއެޗްއޯއިން ޣައްޒާ ސިޓީގެ އަލްޝިފާ ހޮސްޕިޓަލަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި.


?t=S-agFxIqhMtNWjl5_qY6yg&s=19

14:50

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 15 މީހަކު ހައްޔަރުކޮށްފި: ރިޕޯޓް

14:30

އިޒްރޭލުގެ ހަމަލާއާ ގުޅިގެން ކަމަލް އަދްވާން ހޮސްޕިޓަލުގެ ސްޓާފުން ރޭ ސިފަކުރަނީ "Night of Horror" ނުވަތަ "ބިރުވެރި ރޭ" ގެ ގޮތުގައި.

14:05

ޣައްޒާ ހަނގުރާމައާ ގުޅިގެން އިޒްރޭލުގެ މުއައްސަސާތަކަށް އީޔޫއިން 250 މިލިއަން ޑޮލަރު ލިބިއްޖެ.

13:35

ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިޒްރޭލުން އަދިވެސް ހަދަނީ ދެކޮޅު: އދ.

13:15

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެރީކޯއިން ފަލަސްތީނުގެ ތިން މީހަކު ހައްޔަރުކޮށްފި: ރިޕޯޓް

12:55

އިޒްރޭލުގެ ހަމަލާގެ ސަބަބުން ކަމާލް އަދްވާން ހޮސްޕިޓަލް އައިސީޔޫގެ ހިދުމަތް މެދުކެނޑިއްޖެ.

12:55

ކަމާލް އަދްވާން ހޮސްޕިޓަލުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި.

11:47

އދ.ގެ އާންމު މަޖިލީހުން ފަލަސްތީނުގެ ދައުލަތެއް ކަނޑައެޅުމާ ބެހޭ ގޮތުން ގަރާރެއް ފާސްކޮށްފި.


ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރުގެ ޙައްޤު ކަށަވަރުކޮށްދޭ މި ޤަރާރަށް 172 ޤައުމަކުން ތާއީދުކޮށް ވޯޓު ދީފައިވާއިރު، 8 ޤައުމަކުން ވަނީ އެކަމާ ދެކޮޅު ހަދާފަ.


ދެކޮޅު ހެދި ގައުމުތަކަކީ އިޒްރޭލް، އެމެރިކާ، މައިކްރޯނޭޝިއާ، އާޖެންޓީނާ، ޕެރަގުއޭ އަދި ޕަޕުއާ ނިއުގިނީން.

11:45

އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން ކަމާލް އަދްވާން ހޮސްޕިޓަލުގެ އައިސީޔޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި.


ޣައްޒާގެ ވަށައިގެން ވާ އުތުރުގައި ހުންނަ އެ ހޮސްޕިޓަލަށް ފަހަކަށް އައިސް އިސްރާއީލު ސިފައިން އަންނަނީ ތަކުރާރުކޮށް ހަމަލާދެމުން.

11:44

ލުބްނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކުރާ ގޮތުގައި މިދިޔަ މަހު ހިޒްބުاللهއާ އެކު އެއްބަސްވި ހަނގުރާމަ ހުއްޓާލުމާ ހިލާފަށް އިސްރާއީލު ސިފައިން ވަނީ ކްފަރު ކިލާ އަވަށުގެ ދެ ގެއަކަށް ބޮން އަޅައި ހަލާކުކޮށްލާފަ.

11:43

އެމެރިކާގެ ޗެރިޓީ ގްރޫޕެއް ކަމަށްވާ އަނީރާ އިން ބުނީ މި ހަފުތާގައި ޣައްޒާއަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުން ލަފާކުރާ ކަމަށް.


އަދި ވަގުތީ ހިޔާތަކާއި ޓެންޓުތަކާއި ހަލާކުވެފައިވާ އިމާރާތްތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުންނަށް ވިއްސާރައިގެ ސަބަބުން އާ ނުރައްކާތަކެއް ކުރިމަތިވާ ކަމަށް އެ ގްރޫޕުން ބުނޭ.

09:15

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ދެ ބެއިން ޝަހީދުވެއްޖެ.


މި ދެ ބެއިންނަކީ ކެނެޑާގައި އިންޖިނިއަރިން ޕީއެޗްޑީ ހަދަން އުޅުނު ދެ ބެއިން.


ސެލީ އާއި ޑާލިއާ އަކީ ކެނެޑާގައި ކިޔެވުމަށް އިންތިޒާރު ކުރަމުން ދިޔަ ދެ މީހުން ކަމަށް އާއިލާއިން ބުނޭ.

09:00

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ޣައްޒާގެ ސްކޫލްތަކަށް 95 ފަހަރު ހަމަލާދީފައިވޭ: ރިޕޯޓު

08:49

ދީރު އަލް ބަލަހް ޓެންޓަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެ މީހަކު ޝަހީދުވެއްޖެ.

08:45

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ވާހަކަ ކިޔައިދޭ ފިލްމު 2025 ވަނަ އަހަރުގެ 97 ވަނަ އެކަޑަމީ އެވޯޑްސްގެ ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމް ކެޓަގަރީން ޝޯޓްލިސްޓްކޮށްފި.


ފަލަސްތީނުގެ ފިލްމީ ތަރިންގެ 22 ކުރު ފިލްމެއް ހިމެނޭ މި ފިލްމަކީ ޑައިރެކްޓަރު ރާޝިދު މަޝާރާވީ ވެސް ހިމެނޭ ފިލްމެއް.

08:00

ފޮޓޯ: އިސްރާއީލުން ޣައްޒާ ސިޓީގެ ސްކޫލަކަށް ދިން ހަމަލާގައި ގިނަ ކުދިންތަކަކަށް ޒަހަމްވުން.



07:45

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަاللهގެ ހުޅަނގު އުތުރުގައި އޮންނަ އަބްވީން އަވަށުގައި ހިނގި ހަމަނުޖެހުންތަކުގައި އިސްރާއީލުގެ ބަޑީގެ ހަމަލާތަކުގައި އުމުރުން 24 އަހަރުގެ މީހެއް ޒަހަމްވެފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފި

07:05

އެމެރިކާގެ ކޮންގްރެސް މެންބަރ ގްރެގް ކަސާރު ވިދާޅުވީ އޭނާ އާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިތުރު 19 މެމްބަރަކު ބައިޑަންގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައި ވަނީ "އިސްރާއީލުގެ އަސްކަރިއްޔާގެ ހަމަލާދޭ ހަތިޔާރު ހިފެހެއްޓުމަށް" ކަމަށް.

07:00

ޣައްޒާގެ އެހީ ތައް ބްލޮކްކުރުމާ ގުޅިގެން އިޒްރޭލަށް ހަތިޔާރު އެޅުން ހުއްޓާލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ބައިޑެންއަށް ގޮވާލައްވައިފި.


?t=cZISH1QBZVLJAZY1Qqtw8Q&s=19

05:25

18 ޑިސެންބަރު 2024


އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމަ: އަދަދުތަކުން



07 ޑިސެންބަރު 2023 އިން ފެށިގެން މިހާތަނަށް:-


- މަދުވެގެން ފަލަސްތީނުގެ 45،059 މީހުން ޝަހީދުވެފައިވޭ. މީގެ ތެރޭގައި 17،492 ކުޑަކުދިން ހިމެނޭ.

- މަދުވެގެން ފަލަސްތީނުގެ 107،041 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބި ޒަހަމްވެފައިވޭ.

22:07

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދެ މީހަކަށް ހަމަލާދީ ޝަހީދުކޮށްލައިފި.


ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ ދެ މީހުން ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފައިވަނީ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ކަލްކިލްޔާގެ އިރުމަތީގައި އޮންނަ ސޯފިން އަވަށުގެ ކައިރީގައި ކަމަށް.

22:07

އިސްރާއީލުން ޣައްޒާއަށް ދިން އެކި ހަމަލާތަކުގައި ހަތް މީހަކު ޝަހީދުވެއްޖެ.

22:06

ޣައްޒާގެ އުތުރުގައި ހަމާސްގެ ހަނގުރާމަވެރިންނާއި އިސްރާއީލުގެ އަސްކަރިއްޔާއާ ދެމެދު ކުރިމަތިލުންތަކެއް ހިނގަނީ.

22:03

ލުބުނާނުގެ ޓަޔަރު ކައިރީގައި އިޒްރޭލުގެ ޑްރޯންތަކެއް އުދުހެން ފަށައިފި.

18:33

ކެނެޑާގެ ޑޮކްޓަރު ބެން ތޮމްޕްސަން ވަނީ ޣައްޒާގައި ޚާލިދު ނަބްހާނާއި އެތައް ހާސް އާންމުން ޝަހީދުކޮށްލި ޖަރީމާގައި އޭނާގެ ގައުމުން ހަތިޔާރު ފޯރުކޮށްދޭ ކަމަށާއި ކެނެޑާގެ ސަރުކާރުގެ ބައިވެރިވުން އޮތް ކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި.

?t=AJgh7OYMYHHnnBXU7i3rDg&s=19

18:29

ނަބްހާން ޝަހީދުކޮށްލުމާ ގުޅިގެން އިނގިރޭސި ވިލާތުގެ އެކްޓިވިސްޓެއް ކަމަށްވާ އެނީ ބުނީ ފުރާނަ ނެތް އޭނާގެ ކާފަ ދަރި ރީމަށްޓަކައި އޭނާގެ ފަރާތުން ފެނުނީ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ކަމަށް.

18:22

އިސްރާއީލުން "ފަލަސްތީނުގެ ކާފަ" ނަމުން މަޝްހޫރުވެފައިވާ ޚާލިދު ނަބްހާން ޝަހީދުކޮށްލުމާއި ގުޅިގެން މަޝްހޫރު ފަރާތްތަކުން ހިތާމަފާޅުކުރަމުން ދަނީ.

އޭނާ މަޝްހޫރުވީ މިދިޔަ އަހަރު މަރާލާފައިވާ އޭނާގެ ކާފަދަރީގެ ލޮލުގައި ބޮސްދީ "އަހަރެންގެ ފުރާނައިގެ ފުރާނަ" އޭ ކިޔާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން.

18:18

އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 12 މީހަކު ހައްޔަރުކޮށްފި.

18:17

ހަނގުރާމަ ފެށުނީއްސުރެ ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި މިހާތަނަށް 12،799 އަށް ވުރެ ގިނަ ދަރިވަރުން ޝަހީދުވެ 20،942 އަށް ވުރެ ގިނަ ދަރިވަރުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި.

16:12

ފޮޓޯ: ޣައްޒާ ސިޓީގައި ހުންނަ އަލް-ތަބަތީބީ އާއިލާގެ ގެއަކަށް އިސްރާއީލުން ހަމަލާ ދިނުން.




13:19

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 45،028 މީހުން ޝަހީދުވެ، 106،962 މީހުން ޒަޚަމްވެފައިވޭ.


އެ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައި.

13:15

އިސްރާއީލުން މިއަދު ޣައްޒާގައި 10 މީހުން ޝަހީދުކޮށްލައިފި، އަނިޔާވެރިކަން ހުއްޓާލުމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ ގޮވާލައްވައިފި.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވަނީ ވަށާލާފައިވާ އަދްވާން ހޮސްޕިޓަލުގެ ހާލަތު ވަރަށް ބިރުވެރި ކަމަށް ސިފަކުރައްވައި "މި އަނިޔާވެރިކަން ހުއްޓާލުމަށް" ގޮވާލައްވާފަ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%