ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ސީއޭއެފް) ގެ 2024 ވަނަ އަހަރުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް އަޑެމޯލާ ލުކްމަން (27) ހޯދައިފިއެވެ.
27 އަހަރުގެ ފޯވާޑް ވަނީ 2023-24 ވަނަ އަހަރުގެ ސީޒަނުގައި އެޓަލާންޓާއަށް ހުރިހާ މުބާރާތެއްގައި ކުޅުނު 45 މެޗުގައި 17 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން 10 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.
މޮރޮކޯގައި ބޭއްވި އެވޯޑް ހަފްލާގައި ލުކްމަން އާއެކު މިއެވޯޑަށް ވާދަކޮށްފައިވަނީ މޮރޮކޯގެ އަޝްރަފް ހަކީމީ އާއި ދެކުނު އެފްރިކާގެ ގޯލްކީޕަރު ރޮންވެން ވިލިއަމްސް އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ސެރޫ ގުއިރާސީ އާއި ބްރައިޓަންގެ އިވޯރިއަން ވިންގާ ސައިމަން އެޑިންގްރާއެވެ.
މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު އެޓަލާންޓާ އިން ކާމިޔާބުކުރިއިރު، ލުކްމަން ވަނީ ފައިނަލުގައި ޖަރުމަނުގެ ޗެންޕިއަން ބަޔާ ލެވަކޫސް ކޮޅަށް ހެޓްރިކް ހަދާފައެވެ. މިއީ އެޓަލާންޓާގެ 117 އަހަރުވީ ދިގު ތާރީޚުގައި ބޮޑު މުބާރާތެއްގެ ތަށި ކާމިޔާބުކުރި ދެވަނަ ފަހަރެވެ.