ޗެލްސީން ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލާއި ދެމެދު ފަރަގު ކުޑަކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 93 ދުވަސް ކުރިން - 10:43
ޚުލާސާ

ޖެހިޖެހިގެން ފަސް މެޗުން މޮޅުވެ ލިވަޕޫލާއި 2 ޕޮއިންޓަށް ޗެލްސީ ކައިރިވެއްޖެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީން ބްރެންޓްފޯޑް 2-1 އިން ބަލިކޮށް، ލީގުގެ އެއްވަނައިގައިވާ ލިވަޕޫލާއި ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ. މިއީ ޗެލްސީގެ ވިދިވިދިގެން ފަސްވަނަ މޮޅެވެ.

މެޗު ކުޅުނީ ޗެލްސީގެ ސްޓޭމްފޯޑް ބްރިޖް ދަނޑުގައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޗެލްސީގެ މާކް ކުކުރޭލާ އެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ބޮލުންނެވެ. ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ދެވަނަ ލަނޑު ޖަހައިފައެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖެހީ ބްރަޔާން އެމްބުއޭމޯ އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައެވެ.

މެޗު ނިމުމަށްފަހު ހިނގި ހަމަނުޖެހުމެއްގައި ބައިވެރިވުމުގެ ސަބަބުން ޗެލްސީގެ ކުކުރޭލާއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ.

ޗެލްސީ މިވަގުތު އޮތީ 16 މެޗުން 34 ޕޮއިންޓާއެކު ދެވަނައިގައެވެ. ލިވަޕޫލް މިވަގުތު އޮތީ 15 މެޗުން 36 ޕޮއިންޓާއެކު އެއްވަނައިގައެވެ.

ނިކޮލަސް ޖެކްސަން ވަނީ އެހެން މެޗުތަކެކޭ އެއްފަދައިން މި މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އޭނާގެ ފަހު 14 މެޗުގައި ނުވަ ގޯލު ޖަހައި، ތިން އެސިސްޓް ދީފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%