ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް، އދ. މަހިބަދޫއަށް ދެންމެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. މަހިބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ސަލާމް ކުރައްވަނީ/ ފޮޓޯ: ޚުލާސާ
ރައީސް މަހިބަދޫއަށް ޒިޔާރަތްކުރެއްވުމާއި ގުޅިގެން، ރަށުގެ ބަނދަރު ސަރަޙައްދުގައި ގިނަ ޢަދަދެއްގެ ރައްޔިތުން އެއްވެ، ރަތްދޫލައިގެ މަރުޙަބާއަކުން ރައީސަށް މަރުޙަބާ ދެންނެވިއެވެ. ރައީސްގެ ޒިޔާރަތާއި ގުޅިގެން މަހިބަދޫގެ މަގުތައް ޒީނަތްތެރިކޮށް، ރަށުގެ އެކި ސަރަޙައްދުތަކުގައި ދިދަތައް ޖަހާފައިވާކަން ފާހަގަކުރެވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މަހިބަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އަތޮޅު ކައުންސިލާއި އަދި ޢާންމު ރައްޔިތުންނާއި ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މަހިބަދޫއާ މެދު ރައީސް ގެންގުޅުއްވާ ތަސައްވުރުވެސް ޙިއްޞާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ޙާލު ބެއްލެވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ. މި ދަތުރުފުޅަކީ އެފަދަ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. އެމަނިކުފާނު ރޭ ވަޑައިގެންއުޅުއްވީ އެއަތޮޅު ދަނގެތީގައިކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގަންނަވަން ހަމަޖެހިފައިވާ ރަށްތަކަކީ މަހިބަދޫ އަދި އޮމަދޫ