ސީ-ޓު-އެއަރ ކާގޯ: ރާއްޖެއިން 3 ޤައުމެއްގެ މުދާ އެކްސްޕޯޓްކުރަނީ

އާނާ ފަހީމް | 5 ދުވަސް ކުރިން - 23:58
ފޮޓަޮ: އެމްއޭސީއެލް
ފޮޓަޮ: އެމްއޭސީއެލް
ޚުލާސާ

ސީ-ޓު-އެއަރ ކާގޯގެ ގޮތުގައި ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާއިން ގެންނަ މުދާ މިހާރު ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރޭ.

ސީ-ޓު-އެއަރ ކާގޯގެ ގޮތުގައި ދުނިޔޭގެ 3 ޤައުމަކުން ގެންނަ މުދާ މިހާރު ރާއްޖެއިން އެހެން ޤައުމުތަކަށް އެކްސްޕޯޓްކުރަމުންދާކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަޙްމަދު ޝަރީފް ވިދާޅުވީ، ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމުގައި ވަރަށް މުހިންމު ޚިދުމަތެއްކެވެ. މިއީ އެހެން ޤައުމުތަކުގައި ވެސް އިޤްތިޞާދު ފުޅާކުރުމަށްޓަކައި ބޭނުންކުރާ ވަސީލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުޅާ ކުރެވިއްޖިއްޔާ ވަރަށް މުހިންމު ކަމަކަށް ވާނެ ރާއްޖެއަށް އިތުރު ބޭރުފައިސާ ވެއްދުމަށްޓަކައި. މިހާތަނަށްވެސް ނަތީޖާއަށް ބަލާއިރު ވަރަށް ރަނގަޅު އިނގޭތޯ. އަޅުގަނޑުމެން ފުރަތަމަ ފެށީ ޓާކިޝް އެއަރލައިންއާއި އެކީގައި. ހަމައެކަނި ބަނގްލަދޭޝްއިން އެއިރު ގެންނާނީވެސް. ފެށީމަ މިހާރު ރާއްޖެ އަންނަ 11 އެއަރލައިންއަކުން މިކަން ކުރޭ. މިހާރު ބަންގްލަދޭޝްއިން އެކަންޏެއްނޫން އަންނަނީކީ އިންޑިއާއިން ލަންކާއިންވެސް އެބައާދޭ". ޝަރީފް ވިދާޅުވިއެވެ.

ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ ރާއްޖެއަށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމް.ޕީ.އެލް، އެމްއޭސީއެލް، ކަސްޓަމްސް އަދި އެމްއެސްއެސް ގުޅިގެން މިއަހަރުގެ މެއި މަހު ފަށާފައިވާ ޚިދުމަތެކެވެ. މި ޚިދުމަތުގެ ތެރެއިން މިހާތަނަށް 3 މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ރާއްޖޭގެ އިގުތިސާދުގެ ތެރެއަށް ވަދެފައިވާކަން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%