ބަލިމީހެއްގެ މަޢުލޫމާތު ހާމަކުރުމާއި ގުޅިގެން އެންސްޕާއިން މާފަށް އެދިއްޖެ

ހުސައިން އިސްމާއިލް | 99 ދުވަސް ކުރިން - 12:45
އެންސްޕާ އޮފީސް
އެންސްޕާ އޮފީސް
ޚުލާސާ

ބަލިމީހުންނަށް އެހީ ދޭއިރު ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރަމުންދިޔަ ދަނޑިވަޅެއްގައި އައިޑެންޓިޓީ ހާމަނުކޮށް ނަމަވެސް ދީފައިވާ އެހީގެ ތަފްސީލް ހާމަކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެންސްޕާއިން ބުނެފި.

ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް ދިން އެހީގެ ތަފްސީލު ހާމަކޮށް ނެރުނު ބަޔާނަކާއި ގުޅިގެން އެކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މާފަށް އެދިއްޖެއެވެ.

މިކަން ދިމާވީ، ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެންސްޕާއިން ކުރިން 1000 ޑޮލަރު ދިން ނަމަވެސް، ފަހުން އެހީއަށް އެދުމުން 3048 ރުފިޔާ ދިންކަމަށް ބުނެ އެންސްޕާ ބަދުނާމުވާ ގޮތަށް އެ ބަލިމީހާގެ ޢާއިލީ ގޮތުން ގުޅުން އޮތް މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އިއްޔެ އެންސްޕާއިން ނެރުނު ބަޔާނެއްގައި ބަލިމީހާއަށް ދިން އެހީގެ ތަފްސީލު ހާމަކޮށްފައިވެއެވެ.

އެންސްޕާއިން އެވަގުތު އެ ބަޔާން ނެރެން ޖެހުނީ ދައުލަތުގެ އަގު ވެއްޓޭ ގޮތަށް އަދި އާސަންދަ ފަދަ އެހީތައް ދިނުމުގައި ތަފާތު ގެންގުޅޭ ކަމަށް ގިނަބަޔަކު ސޯޝަލްމީޑިއާގައި ސަރުކާރު ބަދުނާމު ކުރަމުން ދިޔަ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް، މި ބަޔާން ނެރުނުތާ 24 ގަޑިއިރު ފަހުން، އެންސްޕާއިން އިތުރު ބަޔާނެއް ނެރެ، ކުރީގެ ބަޔާނަކީ މީސް މީޑިއާގައި ފެތުރުނު ދޮގު މަޢުލޫމާތުތަކާއި ގުޅިގެން ޙަޤީޤަތް ހާމަކުރުމަށް ނެރުނު ބަޔާނެއްކަމަށް ބުނެފައިވެއެވެ. އަދި ބަލިމީހާގެ އައިޑެންޓިޓީ ހާމަކޮށްފައި ނުވިނަމަވެސް، އެހީގެ މަޢުލޫމާތު ހިމެނިފައިވާތީ، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ބުނެ، އެކަމަށް މާފަށް އެދިފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%