ހައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމުން ނަތީޖާ ރަނގަޅުވާނެ ކަމަކަށް ނުބެލެވޭ - މިނިސްޓަރ ޒަމީރު

އުސްތާޛް މުޙައްމަދު ޢަލީ | 105 ދުވަސް ކުރިން - 16:48
ޚުލާސާ

ބޭރު ފައިސާ ހޯދުމަށްޓަކައި މާފުށީގައި ހަލާލު ޓޫރިޒަމް ތަޢާރަފުކުރުމަށް ހައްޖު ކޯޕަރޭޝަނުން ނިންމާފައިވާތީ ފިނޭންސް މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ޓޫރިޒަމްގެ ދާއިރާއަށް ވަނުމުން ނަތީޖާ ރަނގަޅު ނުވެދާނެކަމަށް.

ޙައްޖު ކޯޕަރޭޝަނުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމުން ނަތީޖާ އެހާ ރަނގަޅު ނުވެދާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސްތައް އަޅައި، ފަތުރުވެރިކަމުގެ ސިނާޢަތަށް ވަނުމަކީ ނަތީޖާ ރަނގަޅުވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ މައިގަނޑު މަސައްކަތަކީ ހައްޖަށް މީހުން ފޮނުވުމާއި އެކަމާއި ގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

"އެހެން މަސައްކަތްތައް ކުރާ ކުންފުނިތަކުން މި ސިނާޢަތުގެ މަސައްކަތް ފެށުމުން ނަތީޖާ ރަނގަޅުވާނެ ކަމަކަށް ނުބެލެވޭ. މި މައްސަލައިގައި ޕޮލިސީ ލެވެލްގައި މަޝްވަރާކުރާނަން،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

އެހެންނަމަވެސް، 6 ނޮވެންބަރު 2024 ގައި ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމެއްގައި ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެފައިވަނީ ބޭރު ފައިސާ ހޯދުމަށްޓަކައި މާފުށީގައި ހަލާލު ޓޫރިޒަމް ތަޢާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި މާފުށީ ކައުންސިލާއި ގުޅިގެން ސަބްސިޑަރީ ކުންފުންޏެއް އުފައްދާފައިވާ ކަމަށާއި، މި މަސައްކަތަށް ބޭނުންވާ ބިން ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިކަމާއި ގުޅޭގޮތުން ވަކި ސިޔާސަތެއް ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%