އެންސްޕާގެ އޮފީސް އިމާރާތް ހޯދުމުގެ މައްސަލަ އޭސީސީން ބަލަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު | 102 ދުވަސް ކުރިން - 10:13
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޚުލާސާ

އެންސްޕާއިން ވަނީ އޭސީސީން މި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ކުރިއަށް ގެންގޮސް، އެ ތަޙްޤީޤުގެ ރިޕޯޓު ވީ އެންމެ އަވަހަކަށް އެ އެޖެންސީއާއި ހިއްސާ ކޮށްދިނުމަށް އެދިފައި.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގުމަށް އިމާރާތެއް ހޯދުމަށް ކުރެވުނު މުއާމަލާތްތަކާއި ގުޅިގެން ކުރެވޭ ތުހުމަތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

މި މައްސަލަ އުފެދުނީ އެންސްޕާގެ އޮފީސް އިމާރާތެއް ހޯދުމަށް 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާއި ކުރިކަމަށް ބުނެ މީސްމީޑިޔާގައި ތުހުމަތުތަކެއް ކުރެވެން ފެށުމާއި ގުޅިގެންނެވެ. މި ތުހުމަތުތަކާއި ގުޅޭގޮތުން އެންސްޕާއިން ވަނީ ހުކުރު ދުވަހުގެ ރޭ ބަޔާނެއް ނެރެ، މި މުއާމަލާތަކީ މާލީ ވުޒާރާއާއި އެންސްޕާއާއި ދެމެދު ގަވާއިދާއި އެއްގޮތަށް ހިންގި މުއާމަލާތެއް ކަމަށާއި، އެ ކަމުގައި އިތުރު އެހެން ފަރާތެއް ބައިވެރިނުވާ ކަމަށް ބުނެފައެވެ.

އޭގެފަހުން، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ބުނެފައިވަނީ، މި މައްސަލައާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ މުއައްސަސާއެއްގެ ނަޒާހާތްތެރިކަމާއި މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް މަޢުލޫމާތު ފަތުރަމުން ދާތީ، މިކަމާއި ގުޅޭ ފުރިހަމަ މިނިވަން ތަޙްޤީޤެއް ވީ އެންމެ އަވަހަކަށް ހިންގައިދީ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ އެންސްޕާގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާން ކޮށްފައިވެއެވެ.

އެންސްޕާއިން ވަނީ އޭސީސީން މި މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ކުރިއަށް ގެންގޮސް، އެ ތަޙްޤީޤުގެ ރިޕޯޓު ވީ އެންމެ އަވަހަކަށް އެ އެޖެންސީއާއި ހިއްސާ ކޮށްދިނުމަށް އެދިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%