ޞިއްޙީ ޙާލަތު ދަށްވުމާއި ގުޅިގެން ޑރ. ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވައިފި

އާނާ ފަހީމް | 101 ދުވަސް ކުރިން - 11:33
ޑރ. އައިޝަތު ރަމީލާ - ފޮޓޯ: ރައީސް އޮފީސް
ޑރ. އައިޝަތު ރަމީލާ - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޞިއްޙީ ޙާލަތު ދަށްވުމާއި ގުޅިގެން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ޤަބޫލުފުޅު ކުރައްވައިފި.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާ، އެ މަޤާމުން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން ނެރުނު ނޫސް ބަޔާނުގައި ވަނީ ޑރ. ޢާއިޝަތު ރަމީލާގެ ޞިއްޙީ ޙާލަތު ދަށްވުމާއި ގުޅިގެން އިސްތިޢުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، ރައީސުލްޖުމްހޫރިއްޔާ އެކަން ޤަބޫލުކުރައްވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޑރ. ޢާއިޝަތު ރަމީލާ އަލާސްކަންފުޅުގައި އުޅުއްވަމުން ވެސް، މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެހައި ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދެނިވި މަގުން ދައުލަތުގެ ކަންތައްތައް ރަނގަޅަށް ހިންގުމުގައި އެހީތެރިވެވަޑައިގެންފައިވާ ކަމަށެވެ.

"ޑޮކްޓަރ ޢާއިޝަތު ރަމީލާ ފަދަ ހީވާގި އަމާނާތްތެރި ޤާބިލު ބޭފުޅަކު ވަޒީރުންގެ މަޖިލީހުގައި ހިމެނުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ކުރިއަށް އޮތްތާނގައި ވެސް ކަމަނާގެ ޚިދުމަތް ދިވެހި ޤައުމަށް ލިބޭނެކަން އަޅުގަނޑު ޔަޤީންކުރަމެވެ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ. ޢާއިޝަތު ރަމީލާއަށް އަވަސް އަދި ދާއިމީ ޝިފާއެއް މިންވަރުކުރެއްވުމަށް ދުޢާ ކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%