އެންސްޕާއާ ބެހޭ ގޮތުން ބައެއް ނޫސްވެރިން ފަތުރަނީ ދޮގު

މުޙައްމަދު ޛިހާން ޒުބައިރު | 104 ދުވަސް ކުރިން - 11:00
ޚުލާސާ

އެންސްޕާއާ ބެހޭ ގޮތުން ބައެއް ނޫސްވެރިން ދައްކަނީ ހުސް ދޮގު. އެ އެޖެންސީއިން ވަނީ ނޫސްބަޔާނެއް ވެސް ނެރެފަ.

އެންސްޕާ އާއި ބެހޭ ގޮތުން ބައެއް ނޫސްތަކުން ފަތުރަމުން އަންނަނީ ދޮގު ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ( އެންސްޕާ) އިން މިކަމާއި ގުޅިގެން ވަނީ ނޫސްބާޔާނެއް ވެސް ނެރިފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ އިދާރާއާ ބެހޭ ގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ އިދާރާ ހިންގުމަށް އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ މާލި ވުޒާރާއާއި އެ އިދާރާއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާ އުސޫލުގެ ތެރެއިން ކުރެވިގެންދާނެ ކަމެއް ކަމަށެވެ.

އެ މަޢުލޫމާތުތަށް ހާމަކަންބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަން ހުރިިއިރު، އެ އިދާރާ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލުކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ކުރެވެމުންދާ ކަމެއް ކަމުގައި ބުނެފައިވެއެވެ.

ރައްޔިތުންނާއި އިޖްތިމާއީ ރައްކާތެރކަމާއި ގުޅުންހުރި މުއައްސަސާއަކާއި، ގުޅޭ ގޮތުންނާއި ، މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާއި މެދު ކަންބޮޑުވުމާއި ޝައްކު އުފެދޭގޮތަށް މަޢުލޫމާތު ފަތުރަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެ ފަދަ ދޮގު މަޢުލޫމާތު ފަތުރަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ކަމާއި ގުޅުންހުރި ފަރާތްތަކަށް މައްސަލަ ހުށަހަޅާ ކަމުގައިވެސް ވަނީ ބުނެފައެވެ.

މުއްސަސާއާއި މުވައްޒަފުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭގޮތަށް ފަތުރަމުންދާ ވާހަކަތާއި ގުޅޭ ފުރިހަމަ، މިނިވަން ކަމާއެކު ތަހުގީގެއް ހިންގަވައިދެއްވާ އެކަންކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަ ކޮށްދިނުމަށް އެންޓި ކޮރަޕްޝަނަށް ވެސް އެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%