ތުރުކިޔޭއަށް އެފް-35 ފަޔަރ ޖެޓް ވިއްކުމާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅޭ ސްޓޭންޑް އަލުން ވިސްނަމުންދާ ކަމަށް ތުރުކީގެ ޑިފެންސް މިނިސްޓަރު ޔާޝާރު ގުލަރ އިއުލާން ކުރައްވައިފިއެވެ. އިއްޔެ ތުރުކިޔޭގެ ޕާލަމެންޓްގެ ޕްލޭނިން އެންޑް ބަޖެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ގުލަރ ލަފާދެއްވީ ތުރުކިޔޭގެ އަމިއްލަ ފަސްވަނަ ޖީލުގެ ފަޔަރ ޖެޓް ކާން އަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން އެމެރިކާގެ މަޤާމަށް އަސަރުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އަތުގައި މިހާރުވެސް އެތަނުގައި ހަ އެފް-35 އެބަހުރި،" ރަޝިޔާގެ އެސް-400 މިސައިލް ސިސްޓަމް ގަތުމުން 2019 ވަނަ އަހަރު އެފް-35 ޕްރޮގްރާމް ތުރުކީން ސަސްޕެންޑް ކުރުމަށް ފަހު ގަތް ނަމަވެސް ހިފެހެއްޓި ޖެޓްތަކަށް އިޝާރާތް ކުރައްވައި ގުލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު އެމެރިކާގެ ވިސްނުން ބަދަލުވަމުންދާހެން ހީވާ ކަމަށާއި އެފް-35 ގަތުމަށް ރަސްމީކޮށް އަލުން ހުށަހަޅާ ކަމަށެވެ.
ރަޝިޔާގެ އެސް-400
ނޭޓޯގެ އެކުވެރިއެއްގެ ގޮތުގައި ތުރުކިޔޭއަށް އެފް-35 ޖެޓް ވިއްކުމަށް އެމެރިކާއިން ފުރަތަމަ އެއްބަސްވި ނަމަވެސް ސަލާމަތީ ކަންބޮޑުވުންތަކާއި ގުޅިގެން ތުރުކިޔޭ ރަޝިޔާގެ އެސް-400 މިސައިލް ޑިފެންސް ސިސްޓަމް ގަތުމުން 2019 ވަނަ އަހަރުގެ ޖުލައި މަހު ޑެލިވަރީ މެދުކަނޑާލި އެވެ. އެމެރިކާއިން ބިރުގަތީ އެސް-400 އިން އެފް-35 ގެ ޓެކްނޮލޮޖީއަށް ގެއްލުން ލިބި، ޖޮއިންޓް ޕްރޮޑަކްޝަން ޕްރޮގްރާމް އިން ތުރުކިޔޭ ވަކިވެދާނެތީ އެވެ.
ތުރުކިޔޭއިން 40 އެފް-35 ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެ ޕްރޮގްރާމްގައި ޕްރޮޑަކްޝަން ހިއްސާ އަލުން ހޯދުމަށް ވެސް އެދިފަ އެވެ. މީގެ އިތުރުން ތުރުކިޔޭގެ އެފް-16 ފްލީޓް ޒަމާނީކުރުމާއި ބެހޭ ގޮތުން އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް ކުރިއަށްދާއިރު، ދާދި ފަހުން ތުރުކިޔޭއިން ވަނީ 40 އެފް-16 ބްލޮކް 70 ވައިޕާ މަތިންދާބޯޓު ގަތުމަށް 1.4 ބިލިއަން ޑޮލަރުގެ މަޝްވަރާ އަކަށް ވެސް ގޮސްފައެވެ.
އަދި ތުރުކީން ވައިގެ ފްލީޓް ތަފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެތެރޭގައި އުފައްދާ ކާން އަދި ހޫރްޖެޓް ފަޔަރ މަތިންދާބޯޓު އުފެއްދުމުގެ އިތުރުން ޔޫރަޕުން ޔޫރޯފައިޓަރ ޖެޓްތައް ހޯދުމުގެ ޝައުގުވެރިކަން ވެސް ގުލަރ ވަނީ އަލިއަޅުވާލައްވާފައެވެ.
ތުރުކިޔޭގެ ވައިގެ އަސްކަރީ ދިފާއީ ދާއިރާ ވަރަށް ބޮޑަށް ކުރިއަރާފައިވާއިރު، އަމިއްލަ ނަފްސަށް ބަރޯސާވުމާއި އާ އުފެއްދުންތަކަށް އެޤައުމުން ސަމާލުކަން ދީފައިވެ އެވެ. ކޭއޭއެންގެ ފަސްވަނަ ޖީލުގެ ފަޔަރ، ހޫރްޖެޓް ޓްރެއިނަރ ޖެޓް، އަދި ބައިރަކްޓަރ ޓީބީ2 ހިމެނޭ ގޮތަށް ޒަމާނީ ޔޫއޭވީ ފަދަ މަޝްރޫއުތަކުން އެންމެ ޒަމާނީ ޓެކްނޮލޮޖީ އެޤައުމުގައި އެބަހުއްޓެވެ. އެފް-16 ޒަމާނީކޮށް، ޔޫރޯފައިޓަރުތައް ހޯދުމާއި، އެސް-400 ސިސްޓަމް އިންޓަގްރޭޓް ކުރުމުން އޭގެ ވަރުގަދަ އަދި ތަފާތު ޑިފެންސް ކެޕޭސިޓީތައް އިތުރަށް ކުރިއަރާފައިވެ އެވެ. އެމެރިކާ ބިރުގަންނަނީ ތުރްކިއޭގެ ސައިންޓިސްޓުން އެމެރިކާގެ އެންމެ ކޮލިޓީ އެފް-35 އަޕްގްރޭޑްކޮށް އެއަށްވުރެ ކުޅަދާނަ ޓެކްނޮލޮޖީ އުފައްދަފާނެތީއެވެ.