ކޮންމެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ނިންމައި ޢާންމުންގެ ޚިޔާލު ހުށަހަޅަން ހުޅުވާލައިފި

ހުސައިން އިސްމާއިލް | 22 ދުވަސް ކުރިން - 11:49
ޚުލާސާ

އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް ބިލަކީ ފަތުރުވެރިކަމުން ތަރައްޤީއަށް ހަމަހަމަ ގޮތެއްގައި ޙިއްޞާކުރާކަން ކަށަވަރުކޮށްދީ، ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް އޭގެ މަންފާ ލިބޭ އަދި ރައީސް ޑރ.މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތް ބިލެއް.

ރިސޯޓު ތްކްށް އަންނަ ކޮންމެ ޓޫރިސ2ޓެއްގެ އަތުން 500 ޑޮލަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން ޖެހޭ ގޮތަށް ލާޒިމްކޮށް، ދިވެހި ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭ ގޮތަށް ހަދާފައިވާ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ. މި ފިޔަވަޅަކީ ރާއްޖޭގެ އިޤްތިޞާދުގެ ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތެއްގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބި ރައްޔިތުންނަށް މިހާރު އުފުލަންޖެހޭ ތަކުލީފަށްވުރެ ލުއި ގޮތަކަށް ބޭރު ފައިސާ ލިބޭނެ ގޮތް ހެދުމުގެ ސަރުކާރުގެ ތަޞްއްވުރާއި އެއްގޮތް ފިޔަވަޅެކެވެ.


އިތުރަށް ކިޔާލަން: ޑޮލަރު މާރުކުރާ ޤަވާޢިދަށް އެއްވެސް ބަދަލެއް ނުގެންނަކަމަށް އެމްއެމްއޭއިން ބުނެފި

https://www.khulaasaa.com/post/4112

އެމްއެމްއޭގެ ޑްރާފްޓު ކޮށްފައި ވަނީ ރައްޔިތުންނަށް މަންފާ ލިބޭނެ ގޮތަށެވެ. ރިސޯޓު އޯނަރުން ކަންބޮޑު ވިޔަސް، ސަރުކާރުން ބަލަނީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ގޮތްތަކެވެ.

ޑްރާފްޓުގައިވާ ގޮތުން، އަހަރަކު 20 މިލިއަން އެމެރިކާ ޑޮލަރާއި އެއްވަރުގެ ޢާމްދަނީއެއް ލިބޭނަމަ ‘ކެޓަގަރީ އޭ’ ޓޫރިސްޓް ފެސިލިޓީސް ކަމަށްވާ ރިސޯޓްތަކާއި ހޮޓަލްތަކާއި ޓޫރިސްޓް އުޅަނދުފަހަރުގައި ޑޮލަރު ދައްކަން ޖެހެނީ ބޭރު ފައިސާގެ ޢާމްދަނީގެ %25 އަށްވުރެ މަތިނުވާ ރޭޓުންނެވެ.

ފަތުރުވެރިކަން އޮޕަރޭޓްކުރާ ފަރާތްތަކުން ގާތުން ކިރު ނޫން އެހެން އެއްޗެއް ނުބޯ ކުޑަކުއްޖަކު އަޔަސް، އަދި ހިލޭ އަންނަ ރިސޯޓުގެ ބޭރުގެ ޝެއާހޯލްޑަރު، ނުވަތަ އެންމެ ނައިޓަކަށް އަންނަ އޭނާގެ އަންހަނުންގެ ބޮލަށް 500 ޑޮލަރު މާރުކުރާކަށް ސަރުކާރަކުން އެންމެ ފަހަރަކުވެސް ނުބުނެއެވެ.

މުހިންމު މާއްދާތަކާއި އިސްތިސްނާތައް

ކުރިން ވެސް މާރުކުރަން ނިންމި 500 ޑޮލަރު އޮތީ ހަމަ އެގޮތަށެވެ. އެއަކަށް ބަދަލެއް ނުގެނެއެވެ. އިސްތިސްނާ ވަނީ ކުރިމްވެސް ދެންނެވި ފަދައިންމ

  • ރާއްޖޭގައި 24 ގަޑިއިރު ހޭދަނުކުރާ ފަތުރުވެރިން. (މިސާލަކަށް ފުލައިޓަށް ކަމެއް ދިމާވެގެން ވަގުތުކޮޅަކަށް މަޑުކޮށްލާ ޓޫރިސްޓުންގެ އަތުން 500 ޑޮލަރު މާރު ނުކުރާނެ.)
  • ދެ އަހަރުން ދަށުގެ ކުދިން.
  • ހިލޭ އަންނަ ޓޫރިސްޓުން (މިސާލަކަށް ރިސޯޓުގެ ބޭރުގެ ޝެއާހޯލްޑަރުން ކަހަލަ މީހުން އެމީހުންގެ ރިސޯޓަށް އައުމުން، އެމީހުންގެ އަތުން 500 ޑޮލަރު މާރު ނުކުރާނެ.)


އިތުރަށް ކިޔާލަން: ސަރުކާރާއި ދެކޮޅު ހެދުމުގެ ބަދަލުގައި މަހުޖަނުން ދޭންވީ ސޮލިއުޝަނެއް!

https://www.khulaasaa.com/post/4006

މި ޑްރާފްޓުގައި ރަށްރަށުގައި ތިބި ގެސްޓްހައުސް ފަދަ ތަންތަނުންވެސް އެމްއެމްއޭއށް ޑޮލަރު މާރުކުރަން ޖެހެއެވެ. އެއީ ‘ކެޓެގަރީ ބީ’ އެވެ، ‘ކެޓަގަރީ-ބީ’ގެ ގެސްޓްހައުސް ފަދަ ކުދި ވަޞީލަތްތަކަށް ޖަމާކުރަން ޖެހޭނީ ހަމައެކަނި ޓޫރިސްޓަކަށް މަހަކު 25 ޑޮލަރެވެ. މި ކެޓެގަރީގައި ހިމެނެނީ 50 އެނދަށްވުރެ މަދު ނަމައެވެ.

އެނގެންޖެހޭ ޙަޤީޤަތް

‘ކެޓަގަރީ އޭ’ އިން ބޮލަކަށް 500 ޑޮލަރު ދައްކަން މިޖެހެނީ ޖުމްލަ ޢާމްދަނީގެ އިންސައްތައެއް ކަމުން، މިއީ ޢާމްދަނީ ބޮޑު ރިސޯޓް ވިޔަފާރިތަކަށް، ‘ކެޓަގަރީ ބީ’ އާއި އަޅާބަލާއިރު ބޮޑު ޢަދަދެކެވެ. ނަމަވެސް ރިސޯޓު ތަކަށް ލިބޭ ޢާމްދަނީއާއި އަޅައިކިޔާއިރު ބޮލަކަށް އެންމެ 500 އެމެރިކާ ޑޮލަރު މާރު ކުރުމަކީ ބޮޑު ޢަދަދެއް ކަމަށް ސަރުކާރަކުން ނުދެކެއެވެ. އެހެންކަމުން، ސަރުކާރުން ބޭނުންވަނީ ބޮލަކަށް 500 ޑޮލަރު މިދެންނެވިނއުޞޫލުން އެމްއެމްއޭއަށް މާރުކުރުން ލާޒިމް ކުރުމެވެ. މިއީ ބޮޑު ޢަދަދެއް ނޫނެވެ.

ޑްރާފްޓުގައި ވާގޮތުން ޑޮލަރު އެމްއެމްއޭއަށް މާރުކުރަން މި ލާޒިމް ކުރަނީ ރިސޯޓުތަކުން އެކަންޏެއް ނޫނެވެ. ކުދި ގެސްޓްހައުސްތަކުން ވެސް ‘ކެޓަގަރީ ބީ’ގެ ފެސިލިޓީތަކުން ކޮންމެ ފަތުރުވެރިއަކަށް ފިކްސްޑް ރޭޓެއް ދައްކަން ޖެހެއެވެ. މިސާލަކަށް؛

އަހަރަކު 40 މިލިއަން ޑޮލަރު ލިބޭ ކެޓަގަރީ އޭ ރިސޯޓެއް:

40 މިލިއަން ޑޮލަރު ލިބޭނަމަ އަހަރަކު 10 މިލިއަން ޑޮލަރު މާރުކުރަން ޖެހޭނެ..

މަހަކު 50 ފަތުރުވެރިން އަންނަ ކެޓަގަރީ ބީ ގެސްޓްހައުސްއެއް:

50 ފަތުރުވެރިން × މަހަކު 1،250 ޑޮލަރު، ނުވަތަ އަހަރަކު 15،000 ޑޮލަރު.


އިޤްތިޞާދީ ނަޒާޙަތްތެރިކަން ކުރިއެރުވުން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަޢުދުވަނީ 500 ޑޮލަރު ބޮލަކަށް ނަގާނެ ކަމަށެވެ. އެއަށް އެއްވެސް ބަދަލެއް ނާދެއެވެ. ކުރިން ވެސް ނަގަން ނިންމި 500 ޑޮލަރު މާރުކުރަން އޮތް އޮތުމަށް ބަދަލެއް ނާދެއެވެ. ބޭނުމަކީ ރައްޔިތުންނަށްބފަސޭހައިން ޑޮލަރު ލިބޭނެ ގޮތެއް ހޯދުމެވެ.

ކޮންމެޔަކަސް ބޭރު ފައިސާގެ ބިލަކީ މިހާރު އޮތް ޤަވާޢިދުގައި ހުރި ލޫޕްހޯލްތައް ޙައްލުކުރުމުގެ އިތުރުން މާލީ އިކޯސިސްޓަމަކަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މިއީ ދިވެހި ރުފިޔާ ޙިމާޔަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތެކެވެ.

ރިސޯޓް އޯނަރުން “ނޯ” ބުނީމަ ކަމަކު ނުދާނެ

ޓޫރިޒަމްގެ ބައެއް ފަރާތްތަކުން "ނޯ ޖައްސަވައި އަމަލީ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސް ޑރ. މުޢިއްޒުގެ މި ނިންމެވުމަކީ ކުރު މުއްދަތުގެ ދެކޮޅުވެރިކަމަށްވުރެ ޤައުމުގެ ދިގު މުއްދަތުގެ އިޤްތިޞާދީ ހަމަޖެހުމަށް އިސްކަން ދިނުމަށް އެމަނިކުފާނުގެ ވެރިކަމުގައި ނިންމާފައިވާ ނިންމުމެކެވެ. މި ނިންމެވުމަށް ނޫނެކޭ ބުނީމާ އިޤްތިޞާދަށް މިސަރުކާރުން ގެންނަން ބޭނުންވާ ކުރިއެރުން ގެނައުމަށް ދަތި ވާނެއެވެ.

މިހާރު ފުރަން ދާއިރު ލިބޭ 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު ލިބޭތަން ދިރިތިބީންނަށް މިބަދަލުގެ ސަބަބުން ފެންނާނެއެވެ. ޤައުމުގެ އިޤްތިޞާދު ރަނގަޅުވި ވަރަކަށް ރިސޯޓުތަކުގެ ވެރީންނަށް ވެސް ވާނީ ފައިދާއެވެ.

އަޅުގަނޑުމެން އެންމެން މި ފިޔަވަޅުތަކަށް ތާއީދުކޮށް، އުޖާލާ އިޤްތިޞާދީ މުސްތަޤްބަލަކަށް ގުޅިގެން މަސައްކަތް ކުރަމާ ހިނގާށެވެ! “ނޯ” ބުނީމާ ކަމަކުނުދާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%