ސިޓީ ކައުންސިލުން ބުޅާތައް ފެސިލިޓީއަށް ގެންދިއުމުގެ ޢަމަލީ މަސައްކަތް ކޮށްފައި ނުވާތީ، ބައްދަލުވުމެއް ބާއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 107 ދުވަސް ކުރިން - 12:25
ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ވުޒާރާ
ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ވުޒާރާ
ޚުލާސާ

މި ބައްދަލުވުމުގައި މަގުމަތީގައި އުޅޭ ބުޅާތައް ޕެޓްކެއަރ ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމާއި ގުޅޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރެވުނު ކަމަށް ވުޒާރައިން ފާހަގަކުރި.

ޕެޓްކެއަރ ފެސިލިޓީ "އޮޅުހިޔާ" ރަސްމީކޮށް ހުޅުވުނުތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މަގުމަތީގައި އުޅޭ ބުޅާތައް އެ ފެސިލިޓީއަށް ގެންދިއުމުގެ އަމަލީ މަސައްކަތެއް މިހާތަނަށް ކުރެވިފައި ނުވާތީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢައިޝަތު ރަމީލާ މިއަދު މާލޭ ސިޓީ ކައުންސިލާ ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ރަމީލާގެ އިތުރުން އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި، މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަގުމަތީގައި އުޅޭ ބުޅާތައް ޕެޓްކެއަރ ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރެވުނު ކަމަށް ވުޒާރައިން ފާހަގަކުރިއެވެ

?t=Rys_PIfKD4Drsh1PYnhVzw&s=19.

ޕެޓްކެއަރ ފެސިލިޓީ "އޮޅުހިޔާ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވީ މި މަހުގެ 2 ވަނަ ދުވަހުއެވެ. މި ފެސިލިޓީ ހުޅުވުމުގެ މައިގަނޑު މަޤުޞަދަކީ މާލޭގެ މަގުތަކުގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލްކުރުމާއި، ޖަނަވާރުތަކުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމެވެ. އަދި ޖަނަވާރުގެ ޒަރީޢާއިން ފެތުރިދާނެ ބަލިތަކުގެ ހިރާސް ކުޑަކުރުމަށްވެސް މި ފެސިލިޓީން އެހީތެރިކަމެއް ލިބިގެންދާނެކަމަށް ވުޒާރާއިން ކުރިން ފާހަގަކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%