އެޕަލް އާއި ސެމްސަންގް އިން އެ ބްރޭންޑުތަކުގެ ސްލިމް ސްމާޓްފޯނުތަކުގެ އާ ރާޅަކަށް ތައްޔާރުވާން ފަށައިފިއެވެ.
ސްމާޓްފޯން ބްރޭންޑްތަކުން އިތުރު ފީޗާތަކާއި ކެޕޭސިޓީތައް ތައާރަފް ކުރަމުންދާއިރު، ގިނަ ހައި އެންޑް ކެންޑީ ބާ ސްޓައިލްގެ ފްލެގްޝިޕްތަކުގެ ބަރުދަން ވަނީ 200 ގްރާމަށް ވުރެ މައްޗަށް އަރާފައެވެ. އެ ފޯނުތަކަށް ކަވަރެއް އިތުރުކޮށްލުމުން، ގާތްގަނޑަކަށް ޒަމާނީ ފޯލްޑަބަލްސް އާއި އެއްވަރަށް ފޯނުތައް ބޯވެގެންދެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލް އާއި ސެމްސަންގުން އުފައްދާ ފްލެގްޝިޕް ސްމާޓްފޯނުތައް އަދި ޚާއްސަކޮށް އައިފޯން 17 އެއާ އަދި ގެލެކްސީ އެސް25 ސްލިމް އަކީ ތުނި އަދި ލުއި ސްމާޓްފޯނުތަކެއް ކަމަށެވެ. މި ޑިވައިސްތައް 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ނެރޭނެ ކަމަށް ބެލެވެއެވެ.
ޕްރީމިއަމް ޑިޒައިނާއި އެންމެ ޒަމާނީ ހާޑްވެއާ ހުންނާނެ ކަމަށް ބެލެވޭ މި ދެ ފޯނު ވެސް ތުނި އަދި ލުއި ވާނެއެވެ. މިއީ އެވްރެޖް މިނީ ސައިޒުގެ ފްލެގްޝިޕް ސްމާޓްފޯނުތަކަކަށް ނުވާނެކަމަށް މަޢުލޫމާތު ލިބޭއިރު މި ފްލެގްޝިޕް ސްމާޓްފޯނުތަކުގައި ތައާރަފްކުރާނީ އާދައިގެ ފްލެގްޝިޕާއި އެއްވަރުގެ ސައިޒެއްގެ ޑިސްޕްލޭއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެނަލިސްޓް ޖެފް ޕޫ ބުނި ގޮތުގައި އައިފޯން 17 އެއާގެ ސްކްރީން ސައިޒަކީ 6.6 އިންޗިއެވެ. އަދި ގެލެކްސީ އެސް25 ސްލިމްގައި ތަންކޮޅެއް ބޮޑު 6.7 އިންޗީގެ ސްކްރީނެއް ތައާރަފްކުރާނެ ކަމަށް ބެލެވެއެވެ.
ގެލެކްސީ އެސް25 ސްލިމް ބިނާވާނީ ސްނެޕްޑްރެގަން 8 އެލައިޓް ޗިޕްގެ މައްޗަށް ކަމަށް ބެލެވޭއިރު، އައިފޯން 17 އެއާ ބިނާވާނީ ކުރިއަށް އޮތް ޖީލުގެ އޭ19 ޗިޕްގެ މައްޗަށް ކަމަށް ބެލެވެއެވެ.