ބޭހުގެ އަގު ހެޔޮކުރުމަށް ފާމަސީތަކުން އެއްބާރުލުން ދޭ: ހީނާ ވަލީދު

އުސްތާޛް މުޙައްމަދު ޢަލީ | 114 ދުވަސް ކުރިން - 23:38
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު / ފޮޓޯ: ރައީސް އޮފީސް.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު / ފޮޓޯ: ރައީސް އޮފީސް.
ޚުލާސާ

ސަރުކާރުން ބޭހުގެ އަގު ހެޔޮކުރުމަށް ގެނައި ބަދަލަށް ފާމަސީތަކުން އެއްބާރުލުން ދޭއިރު މީގެ ކުރިން ބޭސް ވިއްކަމުން ދިޔައީ 4000 ޕަސަންޓާއި ހަމަޔަށް ފައިދާ ހިމެނޭ ގޮތަށް.

ސަރުކާރުން ބޭހުގެ އަގު ހެޔޮކުރުމަށް ގެނައި ބަދަލަށް ފާމަސީތަކުން އެއްބާރުލުން ދޭކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވި ގޮތުގައި ދެތިން ތަނަކުން ފިޔަވައި ހުރިހާ ތަނަކުން މިގޮތަށް ޢަމަލުކުރަމުންދެއެވެ.

ހީނާ ވިދާޅުވީ ރާއްޖޭގައި ބޭހުގެ އަގުތައް ހުރީ ރައްޔިތުންގެ އަތް ނުފޯރާ ފަށުގައެވެ. އަދި ސަރަޙައްދީ ޤައުމުތަކާއި އަޅާބަލާއިރު 15 ގުނަ ރާއްޖޭގައި ބޭހުގެ އަގު ބޮޑުކޮށް ވިއްކަމުންދެއެވެ. އެގޮތުން 300 އިންސައްތައާއި 4،000 އިންސައްތައިގެ ފައިދާ ލާފައި ބޭސް ވިއްކަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވި ގޮތުގައި މިހާރު ބޭސް ލިސްޓުގެ ދަށުން އަގުހެޔޮކޮށް 10 ބޭހެއް ރާއްޖެ އެތެރެކޮށް ދައުރުކުރަން ފަށާފައިވެއެވެ. އަދި އާސަންދަ މެދުވެރިކޮށް މި ބޭސްތައް އެސްޓީއޯގެ ހުރިހާ ފާމަސީއަކުންވެސް ލިބެން ހުންނާނެއެވެ.

ރާއްޖޭގައި ޢާއްމުކޮށް ބޭނުންކުރާ ބޭސްތަކާއި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ބޭހުގެ ޚާއްސަ ލިސްޓެއް އޮންނައިރު، އެ ލިސްޓުގައި ހިމެނޭ ބޭސްތައް ބަލްކު ޕްރޮކިއުމަންޓް އުސޫލުން ގެނައުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި މަސައްކަތް ކުރަމުންދަނީ ޔޫއެންޑީޕީއާ ގުޅިގެންނެވެ.          

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%