ފުވައްމުލަކުން ގެއްލިގެން ހޯދަމުން އައި ކުއްޖާ ފެނިއްޖެ

އަައިޝަތު ޒީނާ | 125 ދުވަސް ކުރިން - 21:29
ގެއްލިގެން ހޯދަމުން އައި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ކުއްޖާގެ ޢާއިލާއިން ބުނި.
ގެއްލިގެން ހޯދަމުން އައި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ކުއްޖާގެ ޢާއިލާއިން ބުނި.
ޚުލާސާ

ކުއްޖާގެ ބައްޕަ ހުޝާމް މުޙައްމަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކުއްޖާ ހޯދުމުގައި އެންމެހާ ފަރާތްތަކުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށް.

ޏ. ފުވައްމުލަކުން ގެއްލިގެން ހޯދަމުން އައި ކުއްޖާ ފެނިއްޖެއެވެ.

މި ކުއްޖާ ފެނުނުކަން ކުއްޖާގެ ބައްޕަ އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝިފާން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޏ. ފުވައްމުލައް، މިސްކިތްމަގު، މާކޯނި / އިޒްޔާން ހުޝާމް މުޙައްމަދު (4އ) ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަން ފެށިކަމަށް ފުލުހުން ބުނެފައިވަނީ މިރޭ އިރު އޮއްސުނުފަހުންނެވެ.

ފުލުހުން އޭރު ބުނެފައިވަނީ އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިއަދު 16:45 ހާއިރު ފުވައްމުލަކު ދިގުވާޑު ފްލެޓް ނަންބަރު 02ޖީ.18 ފްލެޓު ފަހަތުން ކަމަށާއި އޭރު އެ ކުއްޖާ ލައިގެން ހުރީ ނަންބަރު 10 ޖަހާފައިވާ ކަޅު ކުލައިގެ ޖާޒީއެއް ކަމަށް ކުއްޖާގެ ޢާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ކުއްޖާ މިހާރު ފެނުމާއެކު، ކުއްޖާގެ ބައްޕަ ހުޝާމް މުޙައްމަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކުއްޖާ ހޯދުމުގައި ރަށުގެ ރައްޔިތުންނާއި ރަޙުމަތްތެރިންނާއި ޢާއިލާ މީހުން އަދި ފުލުހުންނާއި އެމްއެންޑީއެފްއާއި ސިޓީ ކައުންސިލާއި ރަށުގެ މުއްސަސާތަކުން ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް އޭނާ ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%