ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު: ރާއްޖޭގެ ކާބޯތަކެތީގެ އަމިއްލަވަންތަކަމަށް އައު އުންމީދެއް

އައިޝަތު ރުވާ ރިފްޢަތު | 128 ދުވަސް ކުރިން - 18:25
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ
ޚުލާސާ

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އިމްޕޯޓް ވީހާވެސް މަދުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމްކުރުމާއި، އަގުހެޔޮކޮށް ކާބޯތަކެތި ލިބޭނެ މަގުފަހިކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވި.

ރާއްޖޭގެ ކާބޯތަކެތީގެ އަމިއްލަވަންތަކަން އިތުރުކޮށް، އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރަޙައްދުގައި ހައްދާނެ ތަކެތި ކަނޑައަޅާ، އެތަކެތި ހައްދައިގެން އިމްޕޯޓު މަދުކުރެވޭނެ ނިސްބަތްވެސް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

"އެތަނުގައި ހައްދާ ތަކެތީގެ ތެރޭގައި އާންމުކޮށް ކެއިން ބުއިމުގައި ބޭނުން ކުރާ ފިޔާ، ލޮނުމެދު، އަލުވި، އަދި ތަރުކާރީއާއި މޭވާ ހައްދާނެ. އަންދާޒާކުރާ ގޮތުގައި 100 އިންސައްތަ ބޭރުން އިމްޕޯޓް ނުކުރެވޭ ވަރަށް އެތަނުގައި ތަކެތި ހައްދާނެ." ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އިމްޕޯޓް ވީހާވެސް މަދުކޮށް، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމްކުރުމާއި، އަގުހެޔޮކޮށް ކާބޯތަކެތި ލިބޭނެ މަގު ފަހިކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަންނަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ހާމަކުރެއްވިއެވެ.

މި މަޝްރޫޢާއެކު، ރާއްޖޭގައި ދަނޑުވެރިކަމުގައި ހައްދާ ތަކެތި ޓެސްޓުކުރުމަށް ޤައުމީ ލެބޯޓްރީއެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%