މޭޔަރުކަމުގެ ވަޢުދު ރައީސްކަމަށް ވަޑައިގެން!

މަރްޔަމް ޝަހުދާ | 130 ދުވަސް ކުރިން - 14:58
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މޭޔަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ބުޅަލުގެ މައްސަލަ ހައްލު ކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިނުމުން. ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރެއްވުމާއެކު ހުޅުމާލެއިން ބިމެއް ހަމަޖައްސަވައި ރައީސް ޑރ. މުޢިއްޒު މިވަނީ މައްސަލަ ހައްލުކޮށްދެއްވާފައި.

މީގެ އަހަރެއް ކުރިން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނެވިއިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މާލެ ސިޓީގެ މަގުތަކުގައި އުޅޭ ބުޅާ ގިނަވެ، ނުބެލެހެއްޓި ޢާންމުންނަށް އުނދަގޫވާކަމުގެ ޝަކުވާ ލިބިފައިވާތީ އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ފަށާފައެވެ.

މީގެ ކުރިން އެކި ސަރުކާރުތަކުގައި މާލެ ސިޓީގައި ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ގެނަމުއަށް ވާހަކަ ދެކެވުނު ނަމަވެސް ޢަމަލީ ސިފައެއްގައި މަސައްކަތެއް ކުރެވިފައި ނުވެއެވެ. ނަމަވެސް 2021 ވަނަ އަހަރު، އޭރު މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނެވިއިރު ރައީސް ޑރ. މުޢިއްޒު ވަނީ ޙައްލު ނުކުރެވިފައިވާ މި މައްސަލައަށް ހައްލެއް ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިދިޔަ އަހަރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ކަމުގައި އެމަނިކުފާނު ހުންނެވި އިރު ބޭއްވެވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 98 ވަނަ ރަސްމީ ޢާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކެޓް ޝެލްޓަރ އެޅުމަށް ބިމެއް ހަމަޖައްސައި ދިނުމަށް އޭރުގެ ސަރުކާރުގައި އެދުން ނަމަވެސް، އޭރުގެ ސަރުކާރުގެ އެއްބާރުލުން މިކަމުގައި ލިބިފައިނުވާ ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ކުރީގެ ސަރުކާރުން ބުޅަލުގެ މައްސަލަ ޙައްލު ކުރުމަށް އޭރުގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއަށް އެއްބާރުލުން ނުދެއްވުމުން، ދެން ފެނުނު މަންޒަރަކީ ރައީސް ކަމަށް ޑރ. މުޢިއްޒު ވަޑައިގަތުމާއެކު މިމައްސަލައަށް ޢަމަލީ ޙައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް ފެށްޓެވިތަނެވެ. އެގޮތުން ކެޓް ޝެލްޓަރ އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި 5000 އަކަފޫޓެއްގެ ބިމެއް ކަނޑައަޅައި އެ މަސައްކަތް ފަށްޓަވައިދެއްވީ ރައީސް ޑރ. މުޢިއްޒެވެ. މި ކެޓް ޝެލްޓަރ ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ ވިދާޅުވީ މި ޝެލްޓަރުގައި ލެބޯޓަރީއަކާއި، ވެޓްނަރީ ކްލިނިކެއް، އޮފީހެއް އަދި ބުޅާ ބެލެހެއްޓޭނެ ތަންތަން ހިމެނޭ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%