ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ މައްސަލަތައް މުރާޖަޢާކުރުމަށް ހުށަހަޅައިފި

އުސްތާޛް އަލީ އާދަމް | 136 ދުވަސް ކުރިން - 14:09
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް.
ޚުލާސާ

ޔާމީނުގެ ފަރާތްޕުޅުން މިމައްސަލަތައް ޕީޖީއަށް ހުށަހެޅުއްވީ އެ އޮފީހުން ހުޅުވާލި ފުރުޞަތެއްގައި. އެއީ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލި ފުރުޞަތެއް.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދަޢުވާކުރާ މައްސަލަތައް މުރާޖަޢާކޮށްދިނުމަށް އެދި އެމަަނިކުފާނުގެ ފަރާތްޕުޅުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅުއްވައިފިއެވެ.

ޔާމީނުގެ ފަރާތްޕުޅުން މިމައްސަލަތައް ޕީޖީއަށް ހުށަހެޅުއްވީ އެ އޮފީހުން ހުޅުވާލި ފުރުޞަތެއްގައެވެ. އެއީ ދަޢުވާތަކާއި، ހައްޔަރުކޮށްފައި ނުވަތަ ބަންދުކޮށްފައި ތިބި މީހުންގެ ބަންދުގެ މުއްދަތު މުރާޖަޢާކުރުމަށް އެދި ހުށަހެޅުމަށް އެ އޮފީހުން ހުޅުވާލި ފުރުޞަތެކެވެ. 

ނަމަވެސް މި ހުށަހެޅުމާއި ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންގ އަދި ރިޝްވަތު ޤަބޫލުކުރުމުގެ ކުށް ސާބިތުވެގެން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން 11 އަހަރަށް ޖަލަށްލުމާއި 52 މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ޙުކުމްކޮށްފައެވެ.

މާފުށީ ޖަލުގައި އެމަނިކުފާނު ޙުކުމް ތަންފީޛުކުރައްވަމުން ދަނިކޮށް ގެއަށް ގެނެސްދެއްވީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގެންނެވުމަށް އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެހެންނަމަވެސް، ޔާމީނު ބޭނުންފުޅުވާ ގޮތަށް ސަރުކާރު ނުހިންގަވާތީ އަދި އެމަނިކުފާނަށް މިސަރުކާރުގެ މައްޗަށް ބޭނުންފުޅުވާ ނުފޫޒު ނުފޯރުއްވޭތީވެ، އެމަނިކުފާނަށްޓަކައި ޕީއެންސީއާއި ޕީޕީއެމްގެ އިޚްލާޞްތެރިން ކޮސްދެއްވި އެއްވެސް މަސައްކަތެއް ޔާމީނު މިހާރު ޤަބޫލުފުޅެއް ނުރައްވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%