"ޑެބްޓް އެޑްވައިޒަރުގެ އެގްރީމެންޓް އުވާލެއްވުމަކީ ބުއްދިވެރި ފިޔަވަޅެއް" - ރައީސް ނަޝީދު

އައިޝަތު ރުވާ ރިފްޢަތު | 141 ދުވަސް ކުރިން - 22:24
ކުރީގެ ރައީސް ނަޝީދު، ރައީސް މުއިއްޒު އާއި އެކު/ ފޮޓޯ: މަޖިލިސް
ކުރީގެ ރައީސް ނަޝީދު، ރައީސް މުއިއްޒު އާއި އެކު/ ފޮޓޯ: މަޖިލިސް
ޚުލާސާ

ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ލަފާ ދިނުމަށް ބޮޑު ޚަރަދެއް ކަނޑައެޅި ޑެބްޓް އެޑްވައިޒަރުގެ އެގްރީމެންޓް އުވާލެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ.

ރާއްޖެއަށް ދިމާވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅިގެން މާލީ ހާލަތު ރަނގަޅު ކުރުމަށް ލަފާ ހޯދަން ސަރުކާރުން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސެންޓަވިއު ޕާޓްނާސްއާއެކު ހެދި އެއްބަސްވުން އުވާލުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފް ކުރައްވައިފިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، "ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ލަފާ ދިނުމަށް ބޮޑު ޚަރަދެއް ކަނޑައެޅި ޑެބްޓް އެޑްވައިޒަރުގެ އެގްރީމެންޓް އުވާލެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް" ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، "މިފަދަ ޑެބްޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ޤައުމުތަކުން ނަގަމުން ދަނީ އިންތިހާއަށް ނާޖާއިޒް ފައިދާ" ކަމަށެވެ.

?t=K3e5xp-FcBY-UQjzNlVxXQ&s=19

ދަރަނީގެ މައްސަލަ ހައްލުކޮށް، މާލީ ހާލަތު ހަމަޔަކަށް އެޅުވުމަށްޓަކައި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ސެންޓަވިއު ޕާޓްނާސްއާއެކު އެއްބަސްވުމެއްގައި ސޮއި ކުރި ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް، މިހާރު އެ އެއްބަސްވުން އުވާލާފައިވާކަން އެނގެއެވެ.

ސެންޓަވިއު ޕާޓްނާސްއަކީ 2006 ގައި އުފެދުނު، ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނީގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތް ކުރާ ކަމަށް ބުނެވެއެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓުގެ ގޮތުގައި ދައްކަން ޖެހޭ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މިހާރުގެ ސަރުކާރުން ވަނީ ދާދި ފަހުން ދައްކައިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%