ވޭޕުން ދަރިމައިވުން ހުއްޓުވައި ސިއްހީ ނުރައްކާ ބޮޑު ކަމަށް ތަޖުރިބާކާރުން ބުނޭ - ފާޒިލް

އައިޝަތު އީމާން | 145 ދުވަސް ކުރިން - 20:49
ފިޓްނަސް ޓްރެއިނަރ ފާޒިލް އިސްމާއީލް (ފިޓް ފާޒިލް)
ފިޓްނަސް ޓްރެއިނަރ ފާޒިލް އިސްމާއީލް (ފިޓް ފާޒިލް)
ޚުލާސާ

ވޭޕާއި ދެކޮޅަށް ރައީސް ޑރ. މުޢިއްޒު އެޅުއްވި ފިޔަވަޅަށް ތާޢީދު ކުރައްވައި، މެޑިކަލް ޕްރޮފެސަރުންނާއި ޙަވާލާދީ ފާޒިލް ވިދާޅުވީ ސިއްހީ ނުރައްކާތަކާއި ދަރިމައިވުމުގެ މައްސަލަތަކާއި، އަންނަން އޮތް ޖީލުތަކުގެ ރައްކަލަކަށް ވޭޕާއި ދުރުވުމަށް.

ފިޓްކޮށް ހުންނަން ބޭނުންނަމަ ނުރައްކާތެރި ވޭޕާއި ދުރުވުމަށް ފިޓްނަސް ޓްރެއިނަރ އެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފާޒިލް އިސްމާއީލް (ފިޓް ފާޒިލް) ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ނިންމެވި ނިންމެވުމާއި ގުޅިގެން، ޚުލާސާއަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ފާޒިލް ވަނީ ރައީސްގެ އެ ނިންމެވުމަށް ތާޢީދު ކުރައްވައި، ވޭޕް ޢާންމުވެފައި ވާތީވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފިޓްކޮށް ހުރުމަށްޓަކައި ފާއިތުވީ 15 އަހަރު ވެސް މަސައްކަތްކުރަމުން އަންނަ ފާޒިލް ވަނީ ވޭޕްގެ ސަބަބުން އާއިލާ ރާވަން ފަށާ ޒުވާނުންނާއި އަންހެނުންނަށް ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ރާއްޖޭގައި ވެޕިން ޕްރޮޑަކްޓްތައް މަނާކުރުމާ ގުޅޭގޮތުން ރައީސް މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކަށް ތައުރީފު ކުރައްވައި، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "މިއީ މަނާކުރަންޖެހޭ ކަމެއް. ވަޓް ޕްރެޒިޑެންޓް ޑިޑް ވޯސް ރައިޓް. އަމިއްލަ މީހާގެ ދަރިފަސްކޮޅަށް ވިސްނާފައިވެސް އަސްލު އެބަޖެހޭ ޗޭންޖެއް ގެންނަން." ސަރުކާރުގެ އެންޓި ވޭޕިން މަސައްކަތްތަކަށް ތާއީދު ކުރައްވަމުން ވޭޕް ބޭނުންކުރާ މީހުންނަށް، ފިޓްކޮށް ހުންނަން ބޭނުންވާ މީހެއްގެ ހައިސިއްޔަތުން ފާޒިލް ނަސޭޙަތްތެރިވިއެވެ.

އަމާން އަދި ފާޒިލް - ފާޒިލް ވަނީ ވޭޕުގެ ސަބަބުން ނިކުންނަ ނުރައްކާތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައި

އޮކްސްފޯޑް އަދި ހާވާޑް ފަދަ މަޝްހޫރު މުއައްސަސާތަކުގެ ދިރާސާތަކާ ޙަވާލާދީ ފާޒިލް ފާހަގަކުރެއްވި ގޮތުގައި ވޭޕިންގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސްލު މިންވަރު އިތުރު 20 އަހަރު ވަންދެން ރަނގަޅަށް ނޭނގި ހުރެދާނެއެވެ. އެކަމާއި ގުޅުވައި އޭނާ މިސާލު ޖެއްސެވީ ރާއްޖޭގައި ފަހަކަށް އައިސް ޢާންމުވަމުން އަންނަ ފަލަވުމުގެ މައްސަލަ ތަކާއި އަދި އަންހެނުންގެ ބަލިތަކެވެ. އެކަންތައްތައް ފާޒިލް ގުޅުވީ ފާސްޓް ފުޑާއެވެ. ރާއްޖޭގައި ފާސްޓް ފުޑްގެ ސަބަބުން ކުރިން ނޭނގޭ މައްސަލަތަކެއް މިހާރު އެނގެން ފަށައިފިކަން ފާހަގަ ކޮށް ފާޒިލް ވިދާޅުވީ މީގެކުރިން ފާސްޓް ފުޑަކީ ގެއްލުންހުރި އެއްޗެއްކަމެއް ގިނަ މީހުންނަށް ނޭނގޭ ކަމަށެވެ. އަދި ވަރަށް ބާރަށް ފާސްޓް ފުޑް ކުރިއަރައިގެން އައިސް އެކަމުގެ ސަބަބުން ފަލަވާ ބައްޔާއި އަންހެނުންގެ ތަފާތު ބަލިތައް ޢާންމުވާ ކަމަށާއި، ވޭޕުގެ ސަބަބުން ނުކުންނަ އިތުރު ނުބައި އެހެން ނަތީޖާތައް އެނގެން ދުވަސްކޮޅެއް ނަގާފާނެ ކަމަށް ޞިއްޙީ މާހިރުން ވިދާޅުވާ ކަމަށެވެ.

ވޭޕާއި ގުޅުވައި ފާޒިލް މި މިސާލު ނެންގެވިއިރު، އެނާ ވިދާޅުވީ ވޭޕް ރާއްޖޭގައި ޢާންމުވާން ފެށިތާ އަދި މިވީ 10 ވަރަކަށް އަހަރު ކަމަށާއި، މިކަމުގެ އަސްލު ގެއްލުންތައް އިނގިރޭސީ ވިލާތުގެ އޮކްސްފޯޑާއި ހާވަޑް ޔުނިވަސިޓީފަދަ މަޝްހޫރު ޔުނިވާސިޓީތަކުން ދިރާސާ ކުރަމުންދާ ކަމަށެވެ.

ފާޒިލް އިތުރަށް ވިދާޅުވީ، ވޭޕްގެ ނުރައްކާތައް ހަމައެކަނި ފުއްޕާމޭއަށް ނިސްބަތް ނުވާއިރު، ކެމިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ކާބަން ޑައިއޮކްސައިޑް ބޭރުކުރުމުގެ ގާބިލްކަން ހުއްޓުވައި، ސިއްހީ ގޮތުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާތީއާއި. ވޭޕިންގ ޕްރޮޑަކްޓް ބޭނުންކުރުން މަނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް މިހާރުވެސް 200 އަށް ވުރެ ގިނަ ސްކޫލުން ޕެޓިޝަން ހުށަހަޅާފައިވާއިރު، ރާއްޖޭގައި ވޭޕް މަނާކުރުމަކީ އަންނަން އޮތް ޖީލު ސަލާމަތް ކޮށްދޭނެ ކަމެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.

ފާޒިލްގެ ތަޖުރިބާ ޙިއްސާ ކުރައްވަމުން ވިދާޅުވީ އޭނާގެ ކައިރިއަށް ވޯކްއައުޓަށް އަންނަ މީހުންގެ 90 ޕަސެންޓް ޕާފޯމެންސް ވޭޕް ނުކުރާ މީހުންނަށްވުރެ ރަނގަޅެވެ.

ފާޒިލް ވަނީ އަންހެނުންނަށް ހާއްސަ އިލްތިމާސެއް ވެސް ކޮށްފައެވެ. ވަކިން ޚާއްސަކޮށް ދަރިން ހޯދަން ބޭނުން ނަމަ ވޭޕާއި ދުރުހެލިވުމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިއީ މެޑިކަލް ޕްރޮފެސަރުން ބަހެވެ.

?t=be5pPFxjjliGTTobQVKxcQ&s=19

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޝައުނާ

145 ދުވަސް ކުރިން - 20:52

ވަރަށް ބޮޑު ތެދެއް. ވޭޕް ކުރަނީ މީހުން މާ މޮޅު ކަމެއް ކަމަށް ހީކޮށް