ރާއްޖޭގެ އިގްތިސާދީ ތިޖޫރިއަށް ފައިސާ ވެއްދުމަށް ހުޅުވާލި ދޮރާށްޓަށް ބޯޓެއް ކައިރި ކުރަނީ

އައިޝަތު އީމާން | 164 ދުވަސް ކުރިން - 12:53
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

އޮއިލް ޕްރޮޑަކްޓްސް ޓޭންކަރެއް އިހަވަންދިއްޕޮޅަށް ބަނދަރުކުރާއިރުއެ ބޯޓުން ހޯދުމަށް އެދިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ޕައިލެޓޭޖް، ފުރެޝް ވޯޓަރ ބަންކަރިންގ، ކުރޫ ޗޭންޖް، ކާބޯތަކެތި އަދި ސްޕެއަރ ޕާޓްސް ސަޕްލައިކޮށްދިނުން ހިމެނޭ

އުތުރު މެރިޓައިމް ސާވިސަސްގެ ނަމުގައި ހުޅުވާލި ޚާއްސަ ފެސިލިޓީއަށް މާދަމާ ނޫން އަނެއް ދުވަހު ބޯޓެއް ކައިރިކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޖީހުގެ ފޭސްބުކް ޕޭޖުގައި ވާގޮތުން މި ބޯޓު ފަހަރެއްގައި 5 ދުވަހު މަޑުކޮށްލާނެއެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އޮއިލް ޕްރޮޑަކްޓްސް ޓޭންކަރެއް އިހަވަންދިއްޕޮޅަށް ބަނދަރުކުރާއިރުއެ ބޯޓުން ހޯދުމަށް އެދިފައިވާ ޚިދުމަތްތަކުގެ ތެރޭގައި ޕައިލެޓޭޖް، ފުރެޝް ވޯޓަރ ބަންކަރިންގ، ކުރޫ ޗޭންޖް، ކާބޯތަކެތި އަދި ސްޕެއަރ ޕާޓްސް ސަޕްލައިކޮށްދިނުން ހިމެނޭ ކަމަށް ވަޖީހުގެ ޕޯސްޓުގައި ވެއެވެ. ވަޖީހު ފާޙަގަ ކުރެއްވި ގޮތުގައި އެސަރަހައްދުގައި 5 ދުވަހު މަޑުކުރުމަށް ލަފާކުރެވޭއިރު އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

އެ ފެސިލިޓީއިން މިހާރު ޖުމްލަ 14 ޚިދުމަތެއް ދިނުމަށް ތައްޔާރުކުރެވިފައިވާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތަކުން އެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ހޯދަމުންދާ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%