އިހަވަންދޫއަށް އެމްޕީއެލުން ކެރޭނެއް ހަދިޔާކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 175 ދުވަސް ކުރިން - 19:49
ފޮޓޯ: އެމްޕީއެލް
ފޮޓޯ: އެމްޕީއެލް
ޚުލާސާ

މި ކެރޭނަކީ "ކޮބެލްކޯ" ބްރޭންޑްގެ 25 ޓަނުގެ ކެރޭނެއް. އަދި މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެކުންފުނިން ހަދިޔާކުރި ކެރޭނެއްކަން ވެސް އެމްޕީއެލުން ފާހަގަކުރި.

ހއ. އިހަވަންދޫ ކައުންސިލަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކެރޭނެއް ހަދިޔާކޮށްފިއެވެ.

މިއަދު އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ކެރޭން ރަސްމީކޮށް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ.

އެމްޕީއެލުން ބުނީ، މި ކެރޭނަކީ "ކޮބެލްކޯ" ބްރޭންޑްގެ 25 ޓަނުގެ ކެރޭނެއް ކަމަށެވެ. އަދި މިއީ އިހަވަންދޫ ކައުންސިލްގެ އެދުމަކަށް އެކުންފުނިން ހަދިޔާކުރި ކެރޭނެއްކަން ވެސް އެމްޕީއެލުން ފާހަގަކުރިއެވެ.

ފޮޓޯ: އެމްޕީއެލް 

ކެރޭން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވީ، ކައުންސިލްތަކުން އެދޭ ކަންތައްތައް އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފުރިހަމަކޮށްދިނުމަށް މަސައްކަތްކުރާ ކަމަށެވެ.

އިހަވަންދޫ ކައުންސިލްގެ ފަރާތުން މި ކެރޭނާ ހަވާލުވެވަޑައިގަތީ އެ ކައުންސިލްގެ ރައީސް، އަހުމަދު ސޮބާހެވެ. ކައުންސިލްގެ ރައީސް ވަނީ ކެރޭނެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އެދެމުން އައި ކަމަށާއި، އެމްޕީއެލުން ވަރަށް އަވަހަށް އެކަން ފުރިހަމަކޮށްދީފައިވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެމްޕީއެލަށް ޝުކުރު އަދާކުރައްވާފައެވެ.

މި ކެރޭން ހަދިޔާކުރުމާއެކު، އިހަވަންދޫގެ ބަނދަރު ސަރަހައްދުގައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ފަސޭހަކަމާއެކު ކުރެވޭނެއެވެ. މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެމްޕީއެލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައި ވެސް ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%