ހުޅުމާލޭގައި އަޅަމުންދާ ގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލްއާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.
މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ އަމީން އެވެނިއު ކުރިމަތިން އޮންނަ 5000 އަކަފޫޓުގެ ބިމެއްގައެވެ. 79 މިލިއަން ރުފިޔާގެ މި މަޝްރޫޢު ނިންމުމަށް 18 މަސްދުވަހުގެ މުއްދަތެއް ދީފައިވާކަން ފާހަގަކުރެވެއެވެ.
"ރައީސް އެދިވަޑައިގަތީ ހައްޖު ކޯޕަރޭޝަން ކޮޅަށްޖެހުމަށް. އެހެންކަމުން މިއީ މިއީ ޙައްޖު ކޯޕަރޭޝަން ކޮޅަށް ޖެހުމުގެ ފުރަތަމަ މަސައްކަތް. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތުި މަސައްކަތްތައް އިޢުލާންކުރާނެ." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
9 ފަންގިފިލާގެ މި އިމާރާތުގައި ޙައްޖު ކޯޕަރޭޝަނުގެ އޮފީސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިމާރާތުގެ ބައެއް ފަންގިފިލާތައް ކުއްޔަށްދީގެން އާމްދަނީ ހޯދުމަށް ޕްލޭން ކުރެވިފައި ވާކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.
2013 ވަނަ އަހަރު އުފެދުނު މި ކުންފުނި މިހާތަނަށް ހިންގަމުން އައީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައެވެ.