ބީއެމްއެލް އިން އަންނަ މަހުން ފެށިގެން މަސްވެރިންނަށް ލޯނު ދެނީ

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 28 އޭޕްރިލް 2025 11:31
ބީއެމްއެލް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް މަސްވެރިންނަށް ވެސް ލިބޭނެ ގޮތް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ބީއެމްއެލް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް މަސްވެރިންނަށް ވެސް ލިބޭނެ ގޮތް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު / ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ޚުލާސާ

މަސްވެރިންނަށް ލޯނު ލިބޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅެއް.

ގައުމީ ބޭންކް ބީއެމްއެލް އިން އަންނަ މަހުން ފެށިގެން މަސްވެރިންނަށް ލޯނު ދޫކުރަން ފަށަން ނިންމައިފި އެވެ.

މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ބީއެމްއެލް އިން ދޫކުރާ ފައިނޭންސިން ފެސިލިޓީތައް ދޭން ފެށުމަށް، އެ ދަފްތަރުގައި ހިމެނޭ މަސްވެރިންގެ މައުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ބޭންކާ އެކު ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ބޭންކުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުހައްމަދު ޝަރީފެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިކަން ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، މަސްވެރިންނަށް ލޯނު ލިބޭނެ ގޮތް ހައްދަވައިދެވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ބީއެމްއެލްގެ ފައިނޭންސިންގެ ހިދުމަތް ނުވަތަ ލޯނު ލިބޭނެ ކަމަށެވެ.

މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މަސްވެރިންނަށް ދެން ބީއެމްއެލްގެ ޕާސަނަލް ފައިނޭންސިން ފެސިލިޓީ އާއި ގެދޮރުވެރިކަމަށް ދޫކުރާ ތިން ފައިނޭންސިން ފެސިލިޓީ އާއި އާއިލާގެ ފަރާތަކަށް ކިޔެވުމަށް ދޫކުރާ ލޯނު އަދި ކްރެޑިޓް ކާޑަށް ވެސް އެޕްލައި ކުރެވޭނެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%