ވިނަރެސްގެ ފެލެޓެއްގެ ތެރޭގައި އަންހެނަކު ހަޅޭލަތާވީ ދިޔައިރު އޮތީ ހޭނެތިފައި, މައްސަލަ ބަލަނީ!

އަހްމަދު އީޒާން | 6 ގަޑިއިރު ކުރިން - 28 އޭޕްރިލް 2025 10:52
ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސްގެ ފްލެޓްތައް / ފޮޓޯ: ޚުލާސާ
ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސްގެ ފްލެޓްތައް / ފޮޓޯ: ޚުލާސާ
ޚުލާސާ

ފުލުހުން އެތަނަށް ގޮސް ބެލިއިރު 21 އަހަރުގެ ދިވެހި އަންހެނަކު ހޭނެތިފައި އޮއްވާ ފެނިފައިވާ ކަމަށް.

ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސްގެ ފްލެޓެއްގައި އަންހެނަކު ހޭނެތިފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން މިއަދު ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހެނދުނު 6:05 ހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފްލެޓެއްގެ ތެރެއިން އަންހެނަކު ހަޅޭލަވަމުންދާ އަޑު އިވޭ ކަމަށް ބުނެ މައްސަލައެއް އޭނާގެ އާއިލާއިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން އެތަނަށް ގޮސް ބެލިއިރު 21 އަހަރުގެ ދިވެހި އަންހެނަކު ހޭނެތިފައި އޮއްވާ ފެނިފައިވާ ކަމަށާއި އެ ވަގުތު އެ ފުލެޓް ތެރޭގައި އާއިލާގެ މެންބަރުން ތިބި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް އަންހެން މީހާގެ ކޮޓަރީގައި އެހެން މީހަކު ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެ އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާއަށް އިތުރު އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމަށް ފުލުހުން ނުބުނެ އެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅޭ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%