ރައީސް އަށް މެލޭޝިއާއިން ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ހުސައިން އިސްމާއިލް | 6 ގަޑިއިރު ކުރިން - 28 އޭޕްރިލް 2025 08:38
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މެލޭޝިއާއިން ރަސްމީކޮށް މަރުޙަބާ ދެންނެވުން.
ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މެލޭޝިއާއިން ރަސްމީކޮށް މަރުޙަބާ ދެންނެވުން.
ޚުލާސާ

ޕުޓްރަޖާޔާގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ރައީސް މުޢިއްޒަށް މިއަދު ހެނދުނު ރަސްމީކޮށް މަރުޙަބާ ދެންނެވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް.

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނަށް މިއަދު ހެނދުނު އެ ޤައުމުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. މިއީ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މިއަދުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރައީސް ޑރ. މުޢޮއްޒުއާ ސަލާމް ކުރައްވަނީ.

ޕުޓްރަޖާޔާގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ރައީސް މުޢިއްޒަށް މިއަދު ހެނދުނު ރަސްމީކޮށް މަރުޙަބާ ދެންނެވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުނެވެ.

ރައީސް މެލޭޝިއާއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ފަސް ދާއިރާއަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ސިއްޙީ ދާއިރާ، ކުޅިވަރު، ޓޫރިޒަމް ފުޅާކުރުން އަދި ޑިޕްލޮމެޓުން ތަމްރީނުކުރުމާއި ގުޅޭ އެއްބަސްވުންތައް ހިމެނެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށްފަހު، ރައީސް މުޢިއްޒާއި ބޮޑުވަޒީރު އަންވަރުގެ ޖޮއިންޓް ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާއެކު މިއަދު މެންދުރުފަހު ބާއްވާ ބިޒްނަސް ފޯރަމެއްގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދަތުރުފުޅުގެ މުހިންމު އެހެން ހަރަކާތްތަކުގެ ތެރޭގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އަށް ޒިޔާރަތްކުރައްވައި، އެ ޔުނިވަރސިޓީގައި ތަޤުރީރެއް ކުރެއްވުން ހިމެނެއެވެ.

މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަޓަނޭޝަނަލް އެއަރޕޯޓުގައި ދައުލަތުގެ މީޑިއާއަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ހުރި ދަތިތައް މި ދަތުރުފުޅުގެ ތެރެއިން ހައްލުކޮށްދެއްވާނެ ކަމަށެވެ. މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%