ޔަމަނުގެ މިސައިލް ހަމަލާއެއް މޮސާދުގެ މައި މަރުކަޒަށް

ޖަވާދު | 16 ގަޑިއިރު ކުރިން - 28 އޭޕްރިލް 2025 07:44
އިސްރާއީލާއި ދިމާލަށް ހަމަލާއެއް ފޮނުވާލަނީ: މޮސާޑްގެ ހެޑްކުއާޓަރަށް ހަމަލާދީފި ކަމަށް ހޫޘީން ބުނޭ.
އިސްރާއީލާއި ދިމާލަށް ހަމަލާއެއް ފޮނުވާލަނީ: މޮސާޑްގެ ހެޑްކުއާޓަރަށް ހަމަލާދީފި ކަމަށް ހޫޘީން ބުނޭ.
ޚުލާސާ

ރޭ ދަންވަރު ޔަމަނުން ބުނީ އިސްރާއީލުގެ ޖާސޫސީ މައި އިދާރާއަށް ކާމިޔާބު ހަމަލާއެއް ދިން ކަމަށް. ނަމަވެސް އިސްރާއީލުން ބުނަނީ ހަމަލާ ނާކާބިޔާބު ކޮށްލާފައި ވާކަމަށް.

ޣައްޒާގެ ނަސްލު ނައްތާލުމާއި ދެކޮޅުހެދުމުގެ ގޮތުން ޔަމަނުގެ ހޫޘީން އިސްރާއީލުގެ ޖާސޫސީ މައި އިދާރާ ކަމަށްވާ މޮސާދުގެ ހެޑްކުއާޓަރަށް އަމާޒްކޮށް މިސައިލް ހަމަލާއެއް ދީފި ކަމަށް ބުނެފިއެވެ. ނަމަވެސް ރަސްމީ މަސްދަރުތަކުން ބުނާ ގޮތުގައި މި މިސައިލް ހަމަލާގައި ގެއްލުމެއް ލިބުމުގެ ކުރިން އިސްރާއީލުގެ ދިފާއީ ނިޒާމުތަކުން ވަނީ އެ ހަމަލާ ހުއްޓުވާފައެވެ.

ޒައެނިސްޓުން އެހެން ބުނިކަމުގައި ވިޔަސް، ސޯޝަލް މީޑިއާގައި ވެސް މޮސާޑްގެ ޖާސޫސީ ފެސިލިޓީއެއް ކަމަށްވާ ޓެލް އަވީވް ކައިރީގައި އޮންނަ ގްލިލޮޓް ބޭސްއަކަށް ހަމަލާ އަމާޒުވެ އަލިފާން ރޯވެފައިވާ މަންޒަރު ފެނެއެވެ. އިސްރާއީލަކީ ގިނަފަހަރު އެމީހުންނަށް ލިބޭ ގެއްލުންތައް ސިއްރުކޮށްގެން ތިބޭ ބައެކެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި މި މިސައިލް އަމާޒުކޮށްފައިވަނީ ނެވަޓިމް އެއާ ބޭސް އަށެވެ، ނަމަވެސް އެމެރިކާއިން ދީފައިވާ އަޔަން ޑޯމް ޓެކްމޮލޮޖީގެ އިތުރުން އަދި އެރޯ އިންޓަސެޕްޓަރު ފަދަ ކުރިއަރާފައިވާ ނިޒާމުތަކުގެ ސަބަބުން ހަމަލާ ހުއްޓުވުނު ކަމަށް އިސްރާއީލުން ބުނެއެވެ. އަދި މި. ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ބުނެއެވެ.

މި ހަފްތާގެ ކުރީކޮޅު ހިޒްބުالله އިން ވެސް ވަނީ އިސްރާއީލުގެ އަސްކަރީ އަދި ޖާސޫސީ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%