މިނިސްޓަރ މުއްޠަލިބާއި ސުވާލުކުރަން މާދަމާއަށް އެޖެންޑާކޮށްފި

ހުސައިން އިސްމާއިލް | 22 ގަޑިއިރު ކުރިން - 27 އޭޕްރިލް 2025 01:27
މިނިސްޓަރ މުއްތަލިބު، ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަާ ގުޅޭގޮތުން ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރުން.
މިނިސްޓަރ މުއްތަލިބު، ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަާ ގުޅޭގޮތުން ޗައިނާ ސަރުކާރާއެކު ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރުން.
ޚުލާސާ

މިނިސްޓަރާއި ސުވާލު ކުރަނީ ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތާއި ގުޅޭ ގޮތުންނާއި، ގޯއްޗާއިބެހޭ ލިޔުންތަކެއް ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާގައި އަނދާފައިވޭތޯ ސާފުކުރެއްވުމަށް.

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކޮންސްޓްރަކްޝަން އަދި ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާއި ސުވާލުކުރުމަށް އެޖެންޑާކޮށްފިއެވެ. މަޖިލީހުގެ ޖަލްސާ ފެށޭނީ ހެނދުނު 9:00 ގައެވެ.

މިނިސްޓަރާއި ސުވާލުކުރުމަށް ދެ މެންބަރަކު ހުށަހަޅުއްވާފައިވެއެވެ. އެއީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.

އައްބާސް ސުވާލުކުރައްވަން ބޭނުންފުޅުވަނީ ނ. ޅޮހީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ތާރީޚަކާ ބެހޭ ގޮތުންނެވެ. އަދި މީކާއީލް ސުވާލުކުރައްވަން ބޭނުންފުޅުވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ގޯތި ހަވާލުކުރަން މަސައްކަތްކުރި މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހައުސިންގ މިނިސްޓްރީގެ އަލިފާނުގެ ހާދިސާގައި އަނދާފައިވޭތޯ ސާފުކުރެއްވުމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%