ޔުމްނު ވެއްޓުނު ރޭ މިނިސްޓަރ އަމީން ރާއްޖެއަކު ވެސް ނެތް!

ހުސައިން އިސްމާއިލް | 2 ދުވަސް ކުރިން - 27 އޭޕްރިލް 2025 18:19
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން: ޔުމްނު ވެއްޓުނު ހާދިސާ ހިނގި ވަގުތު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ.
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން: ޔުމްނު ވެއްޓުނު ހާދިސާ ހިނގި ވަގުތު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ.
ޚުލާސާ

ޔުމްނު ވެއްޓުނު ހާދިސާ ހިނގި ވަގުތު މިނިސްޓަރ އަމީން ހުންނެވީ ބައިނަލްއަޤްވާމީ އައިކާއޯ އިން ޤަޠަރުގެ ދޯހާގައި ބޭއްވި ކޮންފަރެންސަކަށް ރާއްޖެއިން ބޭރުގަ.

މާލޭގެ އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ރާއްޖޭގައި ވެސް ނުހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މި މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން، މިނިސްޓަރ އަމީން އެ އެޕާޓްމަންޓުގައި ހުންނެވި ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ދަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ. ނަމަވެސް މިނިސްޓަރ ވިދާޅުވ އިސްތިއުފާ ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މިއަދު މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ ވިދާޅުވީ، އެ ހާދިސާ ހިނގި ވަގުތު އެމަނިކުފާނު ހުންނެވީ ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ޖަމްޢިއްޔާ (އައިކާއޯ) އިން ޤަޠަރުގެ ދޯހާގައި ބޭއްވި ކޮންފަރެންސެއް ނިންމަވައިލައްވާފައި މާލެ ވަޑައިގަތުމަށް މަތިންދާބޯޓުގައި ކަމަށެވެ.

މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު މާލެ ވަޑައިގަތީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 8:50 ހާއިރުއެވެ. މިކަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި ޓިކެޓު އެބަހުރި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި ޔުމްނު ވެއްޓިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގައެވެ. އެހެންކަމުން މި ހާދިސާއާ ގުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން އިހުތިޖާޖް ކުރިއެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ބަޔަކު ވަނީ އޭގެ ކޮންޓްރޯލް ނަގައި ސިޔާސީ ކަމަކަށް ބަދަލުކޮށް މުޒާހަރާތަކުގައި މިނިސްޓަރ އަމީނާއި މިނިސްޓަރ އިޙްސާންގެ އިސްތިއުފާއަށް ވެސް ގޮވަން ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%