ރައީސް ޑރ.މުޢިއްޒަށް އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓް އަރުވައިފި

ޢަބްދުﷲ ޖުނައިދު | 6 ގަޑިއިރު ކުރިން - 29 އޭޕްރިލް 2025 16:06
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުން.
އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުން.
ޚުލާސާ

ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީއިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިން.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ (އައިއައިޔޫއެމް) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވައިފިއެވެ.

ސައޫދީ ރަސްގެފާނު ކިންގް ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދު އާއި ތުރްކިޔޭގެ ރައީސް ރެޖެބް ޠޮއްޔިބް އެރްދޮޣާން އަށް ވެސް އައި.އައި.ޔޫ.އެމް އިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފް އަރުވާފައިވާކަން ފާހަގަ ކުރެވެއެވެ.

ރައީސް ޑރ. މުޢިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަމުގެ ޝަރަފު އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނަށް އެ ޝަރަފު އެރުއްވީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާގެ ޕަހަންގް ކޮންސިޓިޓިއުޝަންގެ ހެޑް ޓެންގޫ އެމްޕުއަންއެވެ. ރައީސް ޑރ. މުޢިއްޒަށް މި ޝަރަފު އެރުވީ ޑޮކްޓަރ އޮފް ފިލޮސޮފީއިން އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވަލޮޕްމެންޓްގެ ދާއިރާއިންނެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ، އައިއައިޔޫއެމްއިން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުން.

ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ޚާއްސަ ތަޤުރީރެއް ދެއްވާފައެވެ. މިއީ އައިއައިޔޫއެމްގައި ދިވެހިރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރެވެ.

އައިއައިޔޫއެމްއިން ބުނީ ރައީސް މުޢިއްޒަކީ ޒަމާނީ އުކުޅުތަކާއި އިސްލާމީ ހަމަތަކުގެ މަތިން ސިޔާސަތުތައް ކަނޑައެޅުއްވުމާއި އަރބަން ޕްލޭނިންގެ ދާއިރާއިން ފާހަގަކޮށްލެވޭ، ދުރުވިސްނޭ، ކާމިޔާބު ލީޑަރެއް ކަމަށެވެ.

އައިއައިޔޫއެމްއަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް ގިނަ އެހީތަކެއް ވެފައިވާ ޔުނިވަރސިޓީއެކެވެ. 1990ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް 380 ދިވެހި ދަރިވަރުން އެ ޔުނިވަރސިޓީން ތަޢުލީމު ޙާސިލުކޮށްފައިވާ ކަމަށް އައިއައިޔޫއެމްއިން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%